Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ފެންބޮޑުވެދާނެ ޙާލަތަކަށް ވެލިބަސްތާތައް ތައްޔާރުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި

ފެންބޮޑުވެދާނެ ޙާލަތަކަށް ވެލިބަސްތާތައް ތައްޔާރުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި

އަައިޝަތު ޒީނާ
516 ދުވަސް ކުރިން - 10 ޖެނުއަރީ 2025 16:51
ފެންބޮޑުވެދާނެ ޙާލަތަކަށް މާލެ ސިޓީ ކައުންސިލުން ވެލިބަސްތާތައް ތައްޔާރުކުރަނީ.
ފެންބޮޑުވެދާނެ ޙާލަތަކަށް މާލެ ސިޓީ ކައުންސިލުން ވެލިބަސްތާތައް ތައްޔާރުކުރަނީ.
ޚުލާސާ

މާލެ ސިޓީ ކައުންސިލުން ވަނީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރޭ މޫސުމީ އެލާޓްތަކަށް ސަމާލުވުމަށާއި ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައި.

ފެންބޮޑުވެދާނެ ޙާލަތަކަށް ވެލިބަސްތާތައް ތައްޔާރުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ކައުންސިލުން ބުނީ ވިއްސާރަވެ ފެންބޮޑުވެދާނެ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުން، ވެލިބަސްތާތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

ކައުންސިލުން ވަނީ މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ނެރޭ މޫސުމީ އެލާޓްތަކަށް ސަމާލުވުމަށާއި ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އިތުރަށް އިލްތިމާސްކޮށްފައިވަނީ:

Advertisement

Advertisement 1

-ގޭތެރޭގައި އަދި ގޯތި ތެރޭގައި ވަޔާ ގޮސްދާނެ ގޮތަށް ހުރި ތަކެތި ރައްކާތެރިކުރުން.

-ކަރަންޓު ސާމާނު އުސްތަންތަނުގައި ރައްކާކުރުން އަދި ބިމާއި ކައިރީގައި ހުންނަ ސޮކެޓްތަކުން ކަރަންޓު ކަނޑާލުން.

-ފެނުގެ އަސަރު ނުކުރާނެ ގޮތަށް މުހިންމު ލިޔެކިޔުން އަދި މުދާ އުސްތަންތަނުގައި ރައްކާކުރުން.

-ފެނުގެ އަސަރު ނުކުރާނެ ގޮތަށް ކާޑައި ކާނާގެ ބާވަތްތައް އުސްތަނެއްގައި ރައްކާކުރުން.

-ވަޔާ ވިއްސައިގެންދާނެ ފަދަ ތަކެއްޗަށް ސަމާލުވުން.

-ވައިގަދަވާނަމަ ކުޑަ ބޭނުން ނުކުރުން.

-ވެހިކަލް ދުއްވާނަމަ އެހެން ފަރާތްތަކަށް ވިސްނައިގެން ދުއްވުން.

މެޓް އޮފީހުން ބުނެފައިވަނީ މި ޙަފްތާ ބަންދުގައި މުޅި ރާއްޖެއަށް ވެސް ވިއްސާރަކުރާނެ ކަމަށެވެ. އެގޮތުން އުުތުރާއި މެދުރާއްޖެތެރެ އަދި ދެކުނަށް ވެސް މި ހުކުރު ހޮނިހިރުގައި ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މެޓް އޮފީހުން މިއަދު ވަނީ ރ އަތޮޅުން ފެށިގެން ވ އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ. މިއަދު ހަވީރު 4:00 އިން މިރޭ 10:00 އާ ހަމައަށް އެ ސަރަޙައްދަށް ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ އިތުރުން މ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް މިއަދު މެންދުރު 1:00 އިން މިރޭ 7:00 އާ ހަމައަށް ނެރެފައިވާ ހުދު ސަމާލުގައި ވެސް ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުގެ ރިކޯޑުތައް ދައްކާ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގއ. ގެމަނަފުއްޓަށެވެ. އެ ރަށަށް 148.6 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

މާލެ ސިޓީ ކައުންސިލްމޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

6 ދުވަސް ކުރިން - 12:25

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ: މެޓު

24 ދުވަސް ކުރިން - 14:36

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވޭ: މެޓް

29 ދުވަސް ކުރިން - 22:50

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

29 ދުވަސް ކުރިން - 22:30

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

31 ދުވަސް ކުރިން - 18:09

މޫސުމަށް ރައްކާތެރިވެ ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި

ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށްއެދި އެންޑީއެމްއޭގެ އިލްތިމާސްއެއް

32 ދުވަސް ކުރިން - 15:19