Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޙާލުގައި ޖެހުނު ޢުމްރާވެރިން ހޮނިހިރު ދުވަހު މާލެ ގެނެވޭނެ: ޝަހީމް

ޙާލުގައި ޖެހުނު ޢުމްރާވެރިން ހޮނިހިރު ދުވަހު މާލެ ގެނެވޭނެ: ޝަހީމް

އަައިޝަތު ޒީނާ
517 ދުވަސް ކުރިން - 9 ޖެނުއަރީ 2025 18:41
އަލްހިޖްރަ ކުންފުނީގެ ޙަވާލުގައި ދިޔަ ޢުމްރާވެރިން މިހާރުވަނީ ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިން ތިބި ހޮޓަލަށް ބަދަލުކޮށްފައި. / ފޮޓޯ: މިނިސްޓްރީ
އަލްހިޖްރަ ކުންފުނީގެ ޙަވާލުގައި ދިޔަ ޢުމްރާވެރިން މިހާރުވަނީ ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިން ތިބި ހޮޓަލަށް ބަދަލުކޮށްފައި. / ފޮޓޯ: މިނިސްޓްރީ
ޚުލާސާ

ޢުމްރާވެރިން ޖިއްދާއިން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ އިރުއޮއްސި 7:30 ގައި. އެ ފަރާތްތަކަށް މާލެ އާދެވޭނީ މި މަހުގެ 11 ވަނަ ދުވަހު ހެނދުނު 8:10 ގައި.

އަލްހިޖްރަ ކުންފުނީގެ ޙަވާލުގައި ޢުމްރާއަށް ގޮސް ޙާލުގައި ޖެހުނު ޢުމްރާވެރިން ހޮނިހިރު ދުވަހު މާލެ ގެނެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އަލްހިޖްރަ ކުންފުނީގެ ޙަވާލުގައި ދިޔަ އުމްރާވެރިން މިހާރުވަނީ، މިނިސްޓްރީގެ އިރުޝާދުގެ ދަށުން ޙައްޖު ކޯޕަރޭޝަންގެ ޢުމްރާވެރިން ތިބި ހޮޓަލަށް ބަދަލުކޮށްފައި ކަމަށެވެ.

"އިންޝާ ﷲ 11 ޖެނުއަރީ ހެނދުނު 8.10 ގައި ޤަތަރު އެެއަަވޭސް އިން އެފަރާތްތައް މާލެ ގެނެވޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement 1

ޢުމްރާވެރިން ޖިއްދާއިން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ އިރުއޮއްސި 7:30 ގައެވެ. އެ ފަރާތްތަކަށް މާލެ އާދެވޭނީ މި މަހުގެ 11 ވަނަ ދުވަހު ހެނދުނު 8:10 ގައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ އަލްހިޖްރަ ކުންފުންޏާމެދު ފިޔަވަޅުވެސް އަޅާފައެވެ. މިނިސްޓްރީން ބުނި ގޮތުގައި، އެ ކުންފުނި ވަނީ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާ ޚިލާފުވެފައެވެ.

އެ ކުންފުންޏަށް އެޅި ފިޔަވަޅުތަކަކީ؛

-ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީން އެ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން.

-100،000ރ. އިން އެ ކުންފުނި ޖޫރިމަނާކުރުން.

-އެ ކުންފުންޏަށް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް ޢުމްރާއަށް މީހުން ގެންދިޔުމުގެ ޙުއްދަ ނުދިނުން.

-އެ ކުންފުނީގެ ފަރާތުން ޢުމްރާއަށް ގެންގޮސް ޙާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރާ ޚަރަދު އެ ކުންފުނިން ހޯދުން.

-މި މައްސަލަ ތަޙުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ޕޮލިހަށް ހުށަހެޅުން.

"އިސްވެދިޔަ ފިޔަވަޅުތައް ތަންފީޒުކުރުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަން ޖެހޭ އެންމެހާ ކަންކަން ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުހައްޖު ކޯޕަރޭޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

38 ދުވަސް ކުރިން - 15:01

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

43 ދުވަސް ކުރިން - 14:10

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

50 ދުވަސް ކުރިން - 12:52

އެންވަޔަރަމަންޓް މިނިސްޓަރަކަށް އަލީ ޝަރީފް، އިސްލާމިކް މިނިސްޓަރަކަށް ޝަހީމް

އެންވަޔަރަމަންޓަށް އަލީ ޝަރީފް، އިސްލާމިކް މިނިސްޓަރުކަމަށް ޝަހީމް

57 ދުވަސް ކުރިން - 19:43

ކޮލެޖު ގަޑިތައް ތަރާވީހް ނަމާދާ ފުށުނާރާ ގޮތަށް ރޭވުމަށް އިސްލާމިކް މިނިސްޓަރު އިލްތިމާސްކުރައްވައިފި

ތަރާވީހާ ފުށުނާރާގޮތަށް ކޮލެޖުގެ ކަންކަން ރޭވުމަށް އިލްތިމާސްކުރައްވައިފި

93 ދުވަސް ކުރިން - 11:05

ނުފުރިފައި ތިބި 164 އުމްރާވެރިން ފުރުވާލައިފި

ނުފުރިފައި ތިބި 164 އުމްރާވެރިން ފުރުވާލައިފި

93 ދުވަސް ކުރިން - 14:29