Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލް ހައްޔަރުކުރުމަށް ކޯޓުން އައު އަމުރެއް ނެރެފި

ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލް ހައްޔަރުކުރުމަށް ކޯޓުން އައު އަމުރެއް ނެރެފި

އާނާ ފަހީމް
552 ދުވަސް ކުރިން - 8 ޖެނުއަރީ 2025 19:09
ފޮޓޯ: ބީބީސީ
ފޮޓޯ: ބީބީސީ
ޚުލާސާ

ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލް ހައްޔަރުކުރުމަށް ކޯޓުން އައު އަމުރެއް ނެރުމާއެކު، ރިޔާސީ ގަނޑުވަރުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ހަރުދަނާކޮށްފަ.

ދެކުނު ކޮރެޔާގެ ކޯޓަކުން އިއްޔެ ވަނީ އެ ޤައުމުގެ ރައީސް ޔޫން ސުކް ޔޯލް ހައްޔަރުކުރުމަށް އައު އަމުރެއް ނެރެފައެވެ. މިއީ މިދިޔަ ހަފުތާގައި ނެރުނު ފުރަތަމަ އަމުރު ތަންފީޒު ނުކުރެވުމާއި ގުޅިގެން ތަޙުޤީޤީ ޓީމުގެ އެދުމުގެ މަތިން ނެރުނު އަމުރެކެވެ.

ފުރަތަމަ އަމުރު ތަންފީޒު ނުކުރެވުނީ ޔޫންގެ ހަށިފާރަވެރިންނާއި އަސްކަރިއްޔާގެ ސިފައިން ހުރަސްއެޅުމުންނެވެ. ދެކުނު ކޮރެޔާގެ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާ (ސީއައިއޯ) އިން ބުނެފައިވަނީ ރިޔާސީ ގަނޑުވަރަށް ވަދެ ޔޫން ހައްޔަރުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

އައު އަމުރު ނެރުމާއި ގުޅިގެން ރިޔާސީ ގަނޑުވަރު ވަށައިގެން އިތުރު ބެރިކޭޑުތަކާއި ކަށިނަރު ޖަހައި، ސަލާމަތީ ފިޔަވަޅުތައް ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ. ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ރިޔާސީ ގަނޑުވަރުގައި ތިބި ސިފައިންނަކީ ޔޫންގެ ހަށިފާރަވެރިންގެ އަމުރު ހިނގާ ބައެއް ކަމަށެވެ.

Advertisement

Advertisement 1

މިއީ ދެކުނު ކޮރެޔާގެ ތާރީޚުގައި ވެރިކަމުގައި ހުރި ރައީސަކު ހައްޔަރުކުރުމަށް އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. ޔޫން ހައްޔަރުކުރުމަށް އެދުނީ އޭނާ ސީއައިއޯގެ ތަޙުޤީޤަށް ޖަވާބުދާރީވުމަށް އިންކާރުކުރުމާއި ގުޅިގެންނެވެ.

ސީއައިއޯއިން ތުހުމަތުކުރަނީ ޑިސެންބަރު 3 ވަނަ ދުވަހު ޔޫން ކުއްލި ޙާލަތު އިޢުލާނުކުރީ ޤާނޫނީ ބާރުވެރިކަން ނެތިކޮށްލުމުގެ ނިޔަތުގައި ކަމަށެވެ. އެ ކަމާއި ގުޅޭ ތަޙުޤީޤެއް މިހާރު ދަނީ ކުރަމުންނެވެ.

ޔޫންގެ މައްޗަށް ދުސްތޫރީ ކޯޓުން ޝަރީޢަތް ހިންގަމުންދާއިރު، އޭނާ ވެރިކަމުން ދުރުކުރުމާމެދު ގޮތެއް ނިންމާނީ އެ ކޯޓުންނެވެ. ޔޫންގެ މައްސަލަ އަވަސްނިޔާގެ އުސޫލުން ހިންގުމަށް ކޯޓުން ވަނީ ނިންމާފައެވެ.

ދެކުނު ކޮރެއާ
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓްލޭޑީ ހަތް އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓްލޭޑީ ހަތް އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފި

18 ދުވަސް ކުރިން - 22:22

ދެވަނަ މެޗުގައި ދެކުނު ކޮރެއާއިން ފަހަތުން އަރައި ޗެކް ރިޕަބްލިކް ބަލިކޮށްފި

ދެވަނަ މެޗުގައި ދެކުނު ކޮރެއާއިން ފަހަތުން އަރައި ޗެކް ރިޕަބްލިކް ބަލިކޮށްފި

32 ދުވަސް ކުރިން - 13:28

އޭއައި ބޭނުންކޮށްގެން ދޮގު ހެކި އުފައްދާ ކޮރެއާގެ މަޝްހޫރު އެކްޓަރު ކިމް ސޫ-ހިޔުންގެ ކެރިއަރު ދުއްވާލައިފި

އޭއައި ބޭނުންކޮށްގެން ކިމް ސޫ-ހިޔުންގެ ކެރިއަރު ދުއްވާލައިފި

53 ދުވަސް ކުރިން - 04:01

ދ.ކޮރެއާގެ ފެކްޓަރީ އެއްގައި ރޯވެ 60 މީހުން ޒަޚަމްވެ، މަރުވެއްޖެ

ދ.ކޮރެއާގެ ފެކްޓަރީއެއްގައި ރޯވެ 60މީހުން ޒަޚަމްވެ، މަރުވެއްޖެ

114 ދުވަސް ކުރިން - 07:02

100,000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ބީޓީއެސް އިން އަލުން ސްޓޭޖަށް!

ލައްކައަށްވުރެ ގިނަ ސަޕޯޓަރުންނާއެކު ބީޓީއެސް އަލުން ސްޓޭޖަށް!

115 ދުވަސް ކުރިން - 01:49

ދެކުނު ކޮރެއާގެ ރައީސް އުމުރަށް ޖަލަށް ލައިފި

ދެކުނު ކޮރެއާގެ ރައީސް އުމުރަށް ޖަލަށް ލައިފި

145 ދުވަސް ކުރިން - 11:07