ސޫރިޔާގެ ވެރިޔާ އަންހެނަކާއި ސަލާން ނުކުރި މައްސަލަ ހޫނުވެ، ޔޫރަޕުން ސީރިއާއަށް އެހީ ނުދޭނެ ކަމަށް ޖަރުމަނުން ބުނެފި

ޖަވާދު | 284 ދުވަސް ކުރިން - 7 ޖެނުއަރީ 2025 20:43
ޖަރުމަނުގެ ޚާރިޖީ ވަޒީރާ ސަލާން ކުރުމަށް އަހްމަދުއްޝަރުއު ވަނީ ދެކޮޅު ހައްދަވާފަ.
ޖަރުމަނުގެ ޚާރިޖީ ވަޒީރާ ސަލާން ކުރުމަށް އަހްމަދުއްޝަރުއު ވަނީ ދެކޮޅު ހައްދަވާފަ.
ޚުލާސާ

ޖަރުމަނުގެ ޚާރިޖީ ވަޒީރާ ބެއާބޮކް ވަނީ ސޫރިޔާގައި ޓެރަރިސްޓުން މިނިވަންކަމާއެކު އުޅެމުންދާކަމަށް ފާހަގަކުރައްވާ، ސޫރިޔާގެ އައު ވެރިކަމަށް ޔޫރަޕުން އެއްވެސް އެހީއެއް ނުދޭނެކަމަށް ވިދާޅުވެފަ.

ޖަރުމަނުގެ ޚާރިޖީ ވަޒީރާ އަނަލެނާ ބެއާބޮކް ސޫރިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، ސޫރިޔާގެ މިހާރުގެ ވެރިޔާ އަހްމަދުއްޝަރުޢު (އަބޫ މުހައްމަދުލް ޖޫލާނީ) އެކަމަނާއާ ސަލާމްކުރެއްވުމަށް އިންކާރުކުރެއްވުމާއި ގުޅިގެން މަސްލަޙަތު ގޯސްވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ޖަރުމަނާއި ހުޅަނގުގެ މީޑިއާތަކުން މި މައްސަލަ ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ.

ޖަރުމަނުގެ ޚާރިޖީ ވަޒީރާ ސަލާން ކުރުމަށް އަހްމަދުއްޝަރުއު ދެކޮޅު ހައްދަވަނީ.

ގިނަ މީޑިއާތަކުން މި ހާދިސާ ސިފަކޮށްފައިވަނީ ސޫރިޔާގެ މިހާރުގެ ވެރިކަމުގެ ނިޒާމުގައި ހަރުކަށި ވިސްނުން އަށަގެންފައިވާ މިންވަރު ދައްކުވައިދޭ ކަމެއްގެ ގޮތުގައެވެ. ނަމަވެސް ބައެއް މީޑިއާތަކުން ވަނީ މި މައްސަލަ އެހެން ގޮތްގޮތަށް ވެސް މާނަކޮށްދީފައެވެ. މިގޮތުން، ބައެއް މުސްލިމް ފިރިހެނުން ހިލޭ އަންހެނުންނާއި ސަލާމްކުރުމަށް ދެކޮޅުހަދާކަމާއި، މި މައްސަލައަކީ އިސްލާމީ ނައްޞުތައް ތަފާތު ގޮތްގޮތަށް މާނަކުރުމުގެ ސަބަބުން އުފެދޭ ޚިލާފެއްކަމަށް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ފަރަންސޭސި ޚާރިޖީ ވަޒީރު ޖިއާން ނޮއެލް ބެރޮޓް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ޖަރުމަނުގެ ޚާރިޖީ ވަޒީރާ ބެއާބޮކް ވަނީ ސޫރިޔާގައި ޓެރަރިސްޓުން މިނިވަންކަމާއެކު އުޅެމުންދާކަމަށް ފާހަގަކުރައްވާ، ސޫރިޔާގެ އައު ވެރިކަމަށް ޔޫރަޕުން އެއްވެސް އެހީއެއް ނުދޭނެކަމަށް ވިދާޅުވެފައެވެ.

           

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މެކްސް ޓީޗަރ

284 ދުވަސް ކުރިން - 21:12

ބަލާއެންނު، ފޮޓޯގަ ކީކޭ ޖަހާފަ އެއޮތީ.. އިންކާރު ކުރަނީއޭ، އޭނާ ނުލާހިކު ރީތިކޮން އިސްލާމީ ރިވެތި ސަލާމުން ސަލާން ކުރާ ތަން އެބަފެނޭ