Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްގެ ތާރީޚީ “ވައިޑް ބޮޑީ”ވަޢުދު ފުއްދަވައިފި

ރައީސްގެ ތާރީޚީ “ވައިޑް ބޮޑީ”ވަޢުދު ފުއްދަވައިފި

އައިޝަތު އީމާން
565 ދުވަސް ކުރިން - 7 ޖެނުއަރީ 2025 00:35
ރައީސްގެ ތާރީޚީ “ވައިޑް ބޮޑީ”ވަޢުދު ފުއްދަވައިފި
ޚުލާސާ

މި ތާރީޚީ ދުވަހަކީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ރަން އަކުރުން ލިޔެވިގެންދާނެ ދުވަހެއް. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދު ފުއްދުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއަށާއި އިޤްތިޞާދަށް އައު ހިތްވަރަކާއި ފޯރިއެއް ލިބިގެންދާނެ.

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް އޭ330 މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތާރީޚީ ވަޢުދެއް ފުއްދަވައިފިއެވެ. މި ތާރީޚީ ވަޢުދު ފުއްދުމަށް ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވެރިންނާއި މޯލްޑިވިއަންގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ތާރީޚީ ދުވަހުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މި ބޯޓު ދުއްވައި ރާއްޖެ ގެނައީ ދިވެހި ޕައިލެޓުންކަމެވެ. ކެޕްޓަން ހުނައިނާއާއި ކެޕްޓަން މައުމޫނު މި ބޯޓު ރާއްޖެ ގެނައިއިރު، ފަސްޓް އޮފިސަރެއްގެ ގޮތުގައި ހަރަކާތްތެރިވީ އޭވިއޭޝަން ދާއިރާގައި 21 އަހަރުގެ ތަޖުރިބާ ހުރި ކެޕްޓަން މުޙައްމަދު ތޮއްލަތު އަންވަރެވެ. އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތްކުރެއްވީ އަޙްމަދު ޝިއުޒެވެ. މީގެ އިތުރުން، ކްރޫ މެންބަރުންގެ ގޮތުގައިވެސް ހަރަކާތްތެރިވީ ދިވެހިންނެވެ.

Advertisement

Advertisement 1

ސިންގަޕޫރުން މި ވައިޑް ބޮޑީ މަތިންދާބޯޓް ރާއްޖެ ގެނައީ މުލިން ވެސް ދިވެހިން (ފޮޓޯ: މޯލްޑިވިއަން)

މި ބޯޓު ރާއްޖެ އައުމުގެ ކުރިން، މާލެ އާއި ހުޅުމާލެ ސަރަހައްދުގައި އެއަރ ޝޯއެއް ބޭއްވުނެވެ. މި ހަރަކާތުގައި މޯލްޑިވިއަންގެ އެއަރބަސް އޭ330 ބޯޓާއި އޭޓީއާރު ހަތަރު ބޯޓު ބައިވެރިވިއެވެ. މި ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމުގެ ކުރިން ރަންވޭ މަތިން ލޯ ޕާސް ދަތުރެއް ކުރިއެވެ. މި މަންޒަރު ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އަދި އެހެނިހެން އިސްވެރިން ބައްލަވާލެއްވިއެވެ.

އެއަރބަސް އޭ330 ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓުގައި ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހުގެ ޚިދުމަތް ލިބޭނެއެވެ. މި ބޯޓަކީ ދިގު ދަތުރުތައް ކުރުމުގެ ޤާބިލުކަން ހުރި، ޓްރާންސިޓު ނުކޮށް ދަތުރުކުރެވޭ، 10 ޓަނުގެ ކާގޯ އުފުލޭނެ ބޯޓެކެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅައެކު ގެނައި މޯލްޑިވިއަންގެ ވައިޑް ބޮޑީ އޮޕަރޭޝަންތައް ފެށުމާއެކު، އަހަރަކު 60,000 ފަސިންޖަރުން ރާއްޖެއަށް ގެނެވޭނެ ކަމަށް ލަފާކުރެވެއެވެ. މި ބޯޓުގެ ދަތުރުތައް ފުރަތަމަ ފަށާނީ ޗައިނާގެ ޝެންހާއި، ޗެންޑޫ އަދި ބެއިޖިންގއަށެވެ. މޯލްޑިވިއަންއިން ބުނި ގޮތުގައި، ހަފްތާއަކު ތިން ދަތުރު ޗައިނާގެ މި ތިން ސިޓީއަށް ކުރުމަށް ވަނީ ކަނޑައަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް، ޤައުމީ އެއަރލައިން މޯލްޑިވިއަނަށް ދެ ވައިޑް ބޮޑީ މަތިންދާބޯޓު އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވެއެވެ. މިއަދު އިފްތިތާޙުކުރެވުނު މި ބޯޓަކީ އެ ވަޢުދުގެ ދަށުން ގެނެވުނު ފުރަތަމަ ބޯޓެވެ.

މި ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސީ މިއަދު ހަވީރު 5:00 ގައެވެ. ބޯޓު ޖެއްސުމާއެކު، ވޯޓަރ ސެލިއުޓެއް އަރުވައި މި ތާރީޚީ ވަގުތު ފާހަގަކުރެވުނެވެ.

މި ބޯޓު ރާއްޖެއަށް ގެނައުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި، ޤައުމީ އެއަރލައިންގެ ތަރައްޤީއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މި ބޯޓުގެ ސަބަބުން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދިވެހި ޕައިލެޓުންނާއި އެހެނިހެން މުވައްޒަފުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތައް ހުޅުވިގެންދާނެއެވެ.

މި ބޯޓު ރާއްޖެއަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރަމުންދާ މަސައްކަތުގެ ހެއްކެކެވެ. މި ކާމިޔާބީއާއެކު، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ފުޅާވެ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ނަން އިތުރަށް މަޝްހޫރުވެގެންދާނެއެވެ.

މޯލްޑިވިއަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މޯލްޑިވިއަންގެ ފްލީޓް އައުކުރުމުގެ މަޝްރޫޢުގެ ދަށުން، ގިނަ ދުވަސްވީ "ޑޭޝް-8" މަތިންދާބޯޓަކަށް އަލްވަދާޢު ކިޔައިފި

ގިނަ ދުވަސްވީ "ޑޭޝް-8" މަތިންދާބޯޓަކަށް މޯލްޑިވިއަނުން އަލްވަދާޢު ކިޔައިފި

9 ދުވަސް ކުރިން - 00:07

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

57 ދުވަސް ކުރިން - 22:03

މޯލްޑިވިއަނުން އަންނަ މަހު އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށަނީ

ރާއްޖެ އާއި އޮސްޓްރޭލިއާއާ،ދެމެދު ސީދާ ދަތުރުތައް ފަށަނީ

129 ދުވަސް ކުރިން - 14:09

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް ފަށައިފި

135 ދުވަސް ކުރިން - 16:58

ނުފުރިފައި ތިބި 164 އުމްރާވެރިން ފުރުވާލައިފި

ނުފުރިފައި ތިބި 164 އުމްރާވެރިން ފުރުވާލައިފި

139 ދުވަސް ކުރިން - 14:29

ރޯދަ އުމްރާއަށް ނުފުރި ތިބި އުމްރާވެރިންނަށް ހާއްސަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަނީ

ނުފުރި ތިބި އުމްރާވެރިންނަށް ފުރޭނެ އިންތިޒާމުތައް ހަމަޖައްސަނީ

143 ދުވަސް ކުރިން - 15:01