މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ އޮފިސަރުންގެ އެކައުންޓުން 400 މިލިއަން ރުފިޔާ އެކިފަހަރު މަތިން ދައުރުކޮށްފައިވާ މައްސަލައެއް ތަޙްޤީޤު ކުރަން ފަށައިފިއެވެ.
މިވަގުތު ކަސްޓަމްސްގެ ތިން އޮފިސަރަކާ ބެހޭ މައްސަލަތައް ތަހުގީގު ކުރަމުންދާއިރު، މި މައްސަލައިގައި ވިއްސަކަށް އޮފިސަރުން ޝާމިލްވާ ކަމަށް ބެލެވެއެވެ. އެފަރާތްތަކަށް ޝައްކު ކުރެވެނީ ކަސްޓަމަށް ދައްކާ އިމްޕޯޓް ޑިއުޓީއާ ގުޅިފައިވާ ދައުލަތުގެ ފައިސާ ބެލެހެއްޓުމުގައި ބޮޑެތި ކޮރަޕްޝަންތަކެއް ހިނގާފައިވާ ކަމަށެވެ.
ތަހުގީގުގެ ބައެއް ކަންކަން ވަނީ ސަލާމަތީ ހިދުމަތްތައް ބަލަހައްޓަން ހަވާލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވާފައެވެ. އެ ކޮމިޓީން ވަނީ ސަރުކާރުގެ އިސް ބޭފުޅުންނާއި އެކު މި މައްސަލައިގައި ބައްދަލުވުންތަކެއް ވެސް ބާއްވާފައެވެ.
ޔުނީފޯމް އަޅާ މުއައްސަސާތަކަށް އިތުބާރު ނެތުމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފުލުހުން ބުނީ މިމައްސަލަ ބަލަމުންދާތާ 5 މަސް ވެއްޖެ ކަމަށެވެ.









