Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވެމްކޯއިން ކުނި ބިލާއި ކަރަންޓު ބިލު އެއްނުކުރަން ނިންމައިފި

ވެމްކޯއިން ކުނި ބިލާއި ކަރަންޓު ބިލު އެއްނުކުރަން ނިންމައިފި

އާނާ ފަހީމް
604 ދުވަސް ކުރިން - 4 ޖެނުއަރީ 2025 20:20
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިންމަފުށީގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިންމަފުށީގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން ވެމްކޯއިން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަތޮޅުތަކުގެ ރަށްރަށުގައި ފޯރުކޮށްދޭ ގޭބިސީތަކުން ކުނިނަގައި ދިނުމުގެ ޚިދުމަތުގެ ބިލު، ޔޫޓިލިޓީ އެހެން ޚިދުމަތެއްގެ ބިލުގައި ހިމެނުމަށް ނިންމި ނިންމުން ބާތިލުކޮށްފި.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އަތޮޅުތަކުގެ ރަށްރަށުގައި ކަރަންޓު ބިލުގައި ކުނި ބިލު ހިމެނުމަށް ނިންމި ނިންމުން ބާތިލުކޮށްފިއެވެ. މިކަން އިއުލާނުކުރީ ވެމްކޯއިން ނެރުނު ދެންނެވުމެއްގައެވެ.

ވެމްކޯއިން ބުނީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަތޮޅުތަކުގެ ރަށްރަށުގައި ފޯރުކޮށްދޭ ގޭބިސީތަކުން ކުނިނަގައި ދިނުމުގެ ޚިދުމަތުގެ ބިލު، ޔޫޓިލިޓީ އެހެން ޚިދުމަތެއްގެ ބިލުގައި ހިމެނުމަށް ނިންމި ނިންމުން ބާތިލުކޮށްފައިވާ ކަމަށެވެ. މި ނިންމުން ބާތިލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

މި ބަދަލާއި ގުޅިގެން، ވެމްކޯގެ ޚިދުމަތްތައް ފޯރުކޮށްދޭނީ އަދި ބިލުކުރާނީ ހަމައެކަނި ވެމްކޯގައި ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ފައިސާ ދެއްކުމުގެ އިންތިޒާމުތައް ރަށްރަށުގައި ހުންނަ ވެމްކޯގެ އޮފީސްތަކުގައި ހަމަޖެހިފައި ހުންނާނެ ކަމަށާއި، އަވަސްޕޭ ޕޯޓަލް މެދުވެރިކޮށް ވެސް ފައިސާ ދެއްކޭނެ ކަމަށް ވެމްކޯއިން ހާމަކުރިއެވެ.

Advertisement

Advertisement 1

ވެމްކޯއިން އިތުރަށް ބުނީ، ރައްޔިތުންގެ އަތުން ވީއެންމެ ކުޑަ އަގެއް ނަގައިގެން އަސާސީ ޚިދުމަތެއްގެ ގޮތުގައި ކުނި ނެގުމުގެ ޚިދުމަތް ދިނުމަށް އެ ކޯޕަރޭޝަނުން މާލީ ބޮޑު ބުރައެއް އުފުލަމުންދާ ކަމަށެވެ.

ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމަނައިގެން 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މާލެ ސަރަޙައްދުގައި އަންނަނީ ކުނި ބިލަށް ފައިސާ ދައްކަމުންނެވެ.

ސްޓެލްކޯފެނަކަވެމްކޯ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

މަޑުއްވަރީގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވިޔަސް އައު ޖެންސެޓާއެކު ހިފަހައްޓާލެވޭނެ: ފެނަކަ

11 ދުވަސް ކުރިން - 16:10

ވެމްކޯގެ ހިދުމަތްތައް އެއް ވިއުގައަކުން ދިނުމަށް "ވެމްކޯ" މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފި

ވެމްކޯގެ ހިދުމަތްތައް އެއް ވިއުގައަކުން ދިނުމަށް "ވެމްކޯ" މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފި

13 ދުވަސް ކުރިން - 19:57

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

ހެނބަދޫގައި ފެނަކައިން ތަރައްގީކުރި ކުޑަކުދިންގެ ބަގީޗާ ރަސްމީކޮށް ހުޅުވައިފި

23 ދުވަސް ކުރިން - 23:13

މާލެ ސަރަޙައްދުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެ މަޝްރޫޢެއް ފަށަނީ

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހުޅުމާލެއާއި ގުޅިފަޅުގައި ބޮޑު ދެމަޝްރޫޢެއް ފަށަނީ

26 ދުވަސް ކުރިން - 11:49

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

28 ދުވަސް ކުރިން - 14:32

ނިމިދިޔަ ސަރުކާރުން ހުޅުދޫ މީދޫގައި އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް: ޝާހިދު

"އިންޖީނުގެ އަޅަން 185 މިލިއަން ރުފިޔާ ހަރަދުކުރި، ނަމަވެސް އިންޖީނުގެއެއް ނެތް"

33 ދުވަސް ކުރިން - 14:52

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%