Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދުނިޔެ ހޫނުވާ ވަރަކަށް ފެންބޮޑުވުމުގެ ޙާދިސާތައް ތަކުރާރުވާނެ: ރައީސް ނަޝީދު

ދުނިޔެ ހޫނުވާ ވަރަކަށް ފެންބޮޑުވުމުގެ ޙާދިސާތައް ތަކުރާރުވާނެ: ރައީސް ނަޝީދު

އައިޝަތު ރުވާ ރިފްޢަތު
515 ދުވަސް ކުރިން - 4 ޖެނުއަރީ 2025 16:44
ކުރީގެ ރައީސް ނަޝީދު/ ފޮޓޯ: އަވަސް
ކުރީގެ ރައީސް ނަޝީދު/ ފޮޓޯ: އަވަސް
ޚުލާސާ

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާއި، ފެންބޮޑުވުން ފަދަ ޙާދިސާތައް ރާއްޖެއިން ވެސް ތަޙައްމަލު ކުރަންޖެހޭކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވި.

ދުނިޔެ ހޫނުވާ ވަރަކަށް ފެންބޮޑުވުމުގެ ޙާދިސާތައް ތަކުރާރުވާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު މާލެއަށް ކުރި ގަދަ ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވުމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، މާލޭގައި ނުހަނު ބޮޑަށް ފެން ބޮޑުވި ކަމަށާއި، ދުނިޔެ ހޫނުވާ ވަރަކަށް މިފަދަ ކަންކަން ތަކުރާރުވަމުންދާނެ ކަމަށެވެ.

ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން މާލެއަށް ކުރި ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުވެ، 30،000 ޓަނަށްވުރެ ގިނަ ފެން ސިފައިން ނުކުމެ ވަނީ ހިންދާފައެވެ.

Advertisement

Advertisement 1

ނަޝީދު ވިދާޅުވީ، ކާރިސާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ބޭނުންވާ އެކަށީގެންވާ ފަންޑު ލިބޭނެކަމަށް އުއްމީދު ކުރެވެން ނެތްކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގައި ރާއްޖޭގެ ބައިވެރިވުމެއް ނެތްކަމުގައި ވީނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާއި، ފެންބޮޑުވުން ފަދަ ޙާދިސާތައް ރާއްޖެއިން ވެސް ތަހައްމަލު ކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ގައުމުތަކުގެ މަސްއޫލިއްޔަތުތަކާއި ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) ގެ އިސްތިޝާރީ ލަފަޔަށް އެދި އދ. ގެ އާންމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލައިގައި އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ ބަޔާނެއް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

ރައީސް މުޙައްމަދު ނަޝީދު

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

7 ގަޑިއިރު ކުރިން - 18:13

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ނަޝީދުގެ ފާޑުކިޔުންތަކަށް ހަމްދާންގެ ވަރުގަދަ ރައްދެއް

ދަރަނިތައް އެންމެ ބޮޑުވެގެންދިޔައީ އެމްޑީޕީގެ ސަރުކާރުތަކުގައި: ހަމްދާން

4 ދުވަސް ކުރިން - 13:51

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށް ކުރާ މަސައްކަތެއްތޯ؟

އިދިކޮޅު އިއްތިޙާދެއްތޯ ނުވަތަ ބާރުވެރިކަން ހޯދުމަށްކުރާ މަސައްކަތެއްތޯ؟

9 ދުވަސް ކުރިން - 13:16

ގެރިމަސް ނުކާ ތިން ކާޅު: ނޫސްވެރިކަމުގެ މިނިވަންކަމުގެ ޗެމްޕިއަނުންނަށް ވެވޭނެ؟

ނޫސްވެރިކަމުގެ މިނިވަންކަމުގެ ޗެމްޕިއަނުންނަށް ވެވޭނެ؟

18 ދުވަސް ކުރިން - 16:26

"ދައްކަވަންހުރި ތަނެއް ދައްކަވާފައި ގެންދަވާނީ": ޝިޔާމް

"ދައްކަވަންހުރި ތަނެއް ދައްކަވާފައި ގެންދަވާނީ": ޝިޔާމް

18 ދުވަސް ކުރިން - 11:53

"ކުރިންކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ": ތިން ރައީސުންގެ އިއްތިހާދަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

"ކުރިންކީ ހުރިހައި ޅެމެއް ފަރިއްސަށްވެ ނިމުނީ": އަބްދުއްރަހީމް

18 ދުވަސް ކުރިން - 02:38