ޗައިނާގައި މިހާރު ދަނީ ނޭވާލާ ނިޒާމުގެ ވައިރަހެއް ކަމަށްވާ ހިއުމަން މެޓަޕްނިއުމޯވައިރަސް (އެޗްއެމްޕީވީ) އިންފެކްޝަންތައް ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މި ވައިރަހުގެ ސަބަބުން ހޮސްޕިޓަލްތައް ތޮއްޖެހިފައިވާ ކަމަށާއި ޚާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް މިކަމުގެ އަސަރު ކުރަމުންދާ ކަމަށް ޚަބަތުތައް ބުނެއެވެ..
އެޗްއެމްޕީވީ އެންމެ ފުރަތަމަ ފާހަގަކުރެވުނީ 2001 ވަނަ އަހަރު ނެދަލެންޑްސްގައެވެ. އާންމުކޮށް ނޭވާލާ ނިޒާމުގެ ކުޑަ އިންފެކްޝަނަކަުން ފެށޭ މިބަލި، ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ މެދުގައި ސީރިއަސް ވެއެވެ. (ހެމަޓޮޕޮއިއެޓިކް ސްޓެމް ސެލް ޓްރާންސްޕްލާންޓް ލިބޭ މީހުން ފަދަ) ހައި ރިސްކް ގްރޫޕްތަކުގައި މަރުވާ މީހުންގެ ނިސްބަތް %43 އާއި ހަމައަށް ޗައިނާގައި ރިޕޯޓްކޮށްފައިވެއެވެ.
ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވެސް ޗައިނާގައި އިތުރުވަމުން ދިޔަ ނަމަވެސް، ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ފިނި މޫސުމުގައި އާންމުކޮށް ދިމާވާ ކަމެއްގެ ގޮތުގައި ފާހަގަކޮށް، އެ ހާލަތު ކުޑަކޮށްފަ އެވެ. ކޮވިޑް-19 އާއި ގުޅޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އަދި ބަޔާނެއް ނެރެފައެއް ނުވެއެވެ.
މިވަގުތު އެޗްއެމްޕީވީއަށް ވަކި އެންޓިވައިރަލް ފަރުވާއެއް ނުވަތަ ވެކްސިނެއް ނެތެވެ. ޗައިނާއިން ފޯކަސް ކުރަނީ އަލާމާތްތަކަށް ލުއި ދިނުމަށް ސަޕޯޓިވް ކެއާ އަށެވެ. އެގޮތުން ސާފުތާހިރުކަމަށް ބޮޑަށް އިސްކަންދީ ބަލިޖެހިފައިވާ މީހުންނައި ދުރުހެލިވުން ހިމެނެއެވެ.









