Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މޯލްޑިވިއަންގެ ވައިޑްބޮޑީ ބޯޓު ގެނައުން ފާހަގަކުރުމަށް އަގުހުރި އިނާމުތަކާއެކު ޚާއްޞަ މުބާރާތެއް ބާއްވަނީ

މޯލްޑިވިއަންގެ ވައިޑްބޮޑީ ބޯޓު ގެނައުން ފާހަގަކުރުމަށް އަގުހުރި އިނާމުތަކާއެކު ޚާއްޞަ މުބާރާތެއް ބާއްވަނީ

އައިޝަތު ރުވާ ރިފްޢަތު
615 ދުވަސް ކުރިން - 2 ޖެނުއަރީ 2025 12:58
ފޮޓޯ: މޯލްޑިވިއަން
ފޮޓޯ: މޯލްޑިވިއަން
ޚުލާސާ

ފޮޓޯ އަދި ވީޑިއޯ މުބާރާތުގެ 1 ވަނަ އިނާމުގެ ގޮތުގައި ރާއްޖޭގެ 5 ތަރީގެ ރިސޯޓެއްގައި 2 ރޭ ހޭދަކުރުމުގެ ފުރުޞަތު ދެ މީހަކަށް ލިބޭނެކަމަށް މޯލްޑިވިއަންއިން ހާމަކުރި.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑްބޮޑީ އެއަރކްރާފްޓް ކަމުގައިވާ އޭ-330 ބޯޓު ރާއްޖެ ގެނައުން ފާހަގަކުރުމަށް އަގުހުރި އިނާމުތަކާއެކު ފޮޓޯ އަދި ވީޑިއޯގްރަފީ މުބާރާތަކާއި ގިނަ އިނާމުތައް ހިމެނޭ ލަކީޑްރޯއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަނުން މިއަދު ހާމަކޮށްފިއެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑްބޮޑީ އެއަރކްރާފްޓް ރާއްޖެ އަންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުއެވެ. މި ޚިދުމަތް ފެށުން ފާހަގަކުރުމުގެ ރަސްމީ ޖަލްސާ އޮންނާނީ ޖެނުއަރީ 6 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައެވެ. އަދި އެ ދުވަހުގެ ހަވީރު 5:00 އިން 5:30 އަށް މާލޭގެ އުސްފަސްގަނޑު ސަރަހައްދާއި ހުޅުމާލޭގެ އިރުމަތީ ގޮނޑުދޮށް ސަރަޙައްދުގައި ޚާއްޞަ އެއަރ ޝޯވއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

📸 Prepare your cameras for the skies! ✈️ Don’t miss this airshow! ✨ Join our photo & videography competition and capture the magic in the air. #MaldivianAero pic.twitter.com/cQsl9EuAA6

Advertisement

Advertisement 1
— MaldivianAero (@MaldivianAero)


މި ހަރަކާތްތަކުގެ ތެރެއިން، އަގުބޮޑު އިނާމުތަކާއެކު ފޮޓޯ އަދި ވީޑިއޯ މުބާރާތެއް ބޭއްވުމަށް ވަނީ ހުޅުވާލާފައެވެ. މި މުބާރާތުގެ 1 ވަނަ އިނާމުގެ ގޮތުގައި ރާއްޖޭގެ 5 ތަރީގެ ރިސޯޓެއްގައި 2 ރޭ ހޭދަކުރުމުގެ ފުރުޞަތު ދެ މީހަކަށް ލިބޭނެއެވެ. 2 ވަނަ އިނާމުގެ ގޮތުގައި އިންޑިއާއަށް ދެކޮޅު ޓިކެޓު ދެމީހަކަށް އަދި 3 ވަނަ އިނާމުގެ ގޮތުގައި ރާއްޖޭގެ މަންޒިލަކަށް ދެ މީހަކަށް ދެކޮޅު ޓިކެޓު ދޭން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ޖެނުއަރީ 11 ވަނަ ދުވަހުގެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި ޚާއްޞަ އާއިލީ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރުގައި އަގުބޮޑު އިނާމުތައް ހިމެނޭގޮތަށް 30 ލަކީޑްރޯއެއް ނަގާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ. މި ލަކީޑްރޯގެ އިނާމުގެ ގޮތުގައި ބައިނަލްއަޤްވާމީ އަދި އެތެރޭގެ އުދުހުންތަކުގެ ޓިކެޓްތައް ހިމެނޭނެއެވެ.

މޯލްޑިވިއަންގެ އައު އޭ-330 ބޯޓަކީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓު ރާއްޖެ ގެންނަ ދަތުރުގައި ބައިވެރިވާނީ ހަމައެކަނި ދިވެހިންކަމަށް މޯލްޑިވިއަންއިން މަޢުލޫމާތު ދީފައި ވެއެވެ. އަދި މި ބޯޓުގެ ދަތުރުތައް ފުރަތަމަ ފަށާނީ ޗައިނާގެ 3 މަންޒިލަކަށް ކަމަށް ވެސް އެ ކުންފުނިން ފާހަގަ ކުރިއެވެ.

މޯލްޑިވިއަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މޯލްޑިވިއަންގެ ފްލީޓް އައުކުރުމުގެ މަޝްރޫޢުގެ ދަށުން، ގިނަ ދުވަސްވީ "ޑޭޝް-8" މަތިންދާބޯޓަކަށް އަލްވަދާޢު ކިޔައިފި

ގިނަ ދުވަސްވީ "ޑޭޝް-8" މަތިންދާބޯޓަކަށް މޯލްޑިވިއަނުން އަލްވަދާޢު ކިޔައިފި

54 ދުވަސް ކުރިން - 00:07

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

103 ދުވަސް ކުރިން - 22:03

މޯލްޑިވިއަނުން އަންނަ މަހު އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފަށަނީ

ރާއްޖެ އާއި އޮސްޓްރޭލިއާއާ،ދެމެދު ސީދާ ދަތުރުތައް ފަށަނީ

174 ދުވަސް ކުރިން - 14:09

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަނުން ބަންގުލަދޭޝް ދަތުރުތައް ފަށައިފި

181 ދުވަސް ކުރިން - 16:58

ނުފުރިފައި ތިބި 164 އުމްރާވެރިން ފުރުވާލައިފި

ނުފުރިފައި ތިބި 164 އުމްރާވެރިން ފުރުވާލައިފި

184 ދުވަސް ކުރިން - 14:29

ރޯދަ އުމްރާއަށް ނުފުރި ތިބި އުމްރާވެރިންނަށް ހާއްސަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަނީ

ނުފުރި ތިބި އުމްރާވެރިންނަށް ފުރޭނެ އިންތިޒާމުތައް ހަމަޖައްސަނީ

188 ދުވަސް ކުރިން - 15:01