ޔޫކްރޭން މެދުވެރިކޮށް ރަޝިޔާއިން އިނގިރޭސިވިލާތަށް ގޭސް ފޯރުކޮށްދިނުން ރަސްމީކޮށް ހުއްޓާލައިފިއެވެ. ގޭސް ޓްރާންސިޓަށް ބޭނުންކުރާ ހޮޅިތައް ބޭނުންކުރުން ހުއްޓުވަން ޔޫކްރޭނުން ނިންމީ ޖެނުއަރީ 1 އަށް ހަމަވި ފަސް އަހަރުގެ ޓްރާންސިޓް އެގްރީމަންޓް އާކުރުމަށް ޔޫކްރޭނުން ދެކޮޅު ހެދުމުންނެވެ.
ރަޝިޔާއާއި ޔޫކްރޭންއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ރަޝިޔާއަށް މާލީ ޕްރެޝަރު ކުރުމަށް އަމާޒުކޮށްގެން މިފިޔަވަޅު އެޅިއިރު، ހަމަނުޖެހުންތަކާ އެކު ވެސް ޔޫކްރޭން މެދުވެރިކޮށް މެދުކެނޑުމެއް ނެތި 34 މަސް ދުވަހުގެ ގޭސް ރަޝިއާއިން ވަނީ ފޯރުކޮށްދީފައެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން ރަޝިޔާގެ ސިފައިން ވަނީ ޔޫކްރޭންގެ އިރުމައްޗާއި ދެކުނުގެ ބައެއް ހިސާބުތައް ހިފާފައެވެ، ޔޫކްރޭނުން ވަނީ ރަޝިޔާގެ ކަރސްކް ފަދަ ސަރަހައްދުތަކަށް ސިފައިން ފޮނުވައިގެން ބަދަލު ހިފާފައެވެ.
ގޭސް ފޮނުވުން ހުއްޓުވައިލި މި ނިންމުމުގެ ސަބަބުން ރަޝިޔާގެ ދައުލަތުގެ ގޭސް ކުންފުންޏަށް ވަރަށް ބޮޑަށް އަސަރުކުރާއިރު، ގޭސްޕްރޮމް އަށް އަހަރަކު ފަސް ބިލިއަން ޑޮލަރުގެ ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ޔޫކްރޭނަށް ވެސް މާލީ ނަތީޖާތަކެއް ކުރިމަތިވެ އެވެ. އެހެންނަމަވެސް، ޔޫކްރޭންގެ އެނާޖީ މިނިސްޓަރު ހަރމަން ހަލޫޝެންކޯ ވަނީ މިއީ "ތާރީހީ ދުވަހެއް" ކަމަށް އިއުލާންކޮށް، ބައިނަލްއަގްވާމީ ހަކަތަ މާކެޓްތަކުން ރަޝިޔާ އެކަހެރިކަން އިތުރުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އިނގިރޭސިވިލާތުން ވެސް ވަނީ މިކަމަށް ދުރާލައި ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. އިނގިރޭސިވިލާތުގެ ކޮމިޝަންގެ ތަރުޖަމާނަކު ފާހަގަކުރެއްވި ގޮތުގައި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގެ ބަދަލު އިންތިޒާމުތައް ނޯވޭ، ގަތަރާއި އެމެރިކާގެ ސަޕްލައި ކުރާ ފަރާތްތަކާއެކު ގާއިމްކޮށްފައިވާ ކަމަށެވެ.
ރަޝިޔާ އާއި ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން އިނގިރޭސިވިލާތް ހިމެނޭ ގޮތަށް އީޔޫގެ ގައުމުތަކުން ގޭސް ހޯދުމަށް އެމެރިކާއާއި ގުޅިގެން ދުރާލައި ތައްޔާރުވިއިރު ސްލޮވާކިއާ އާއި އޮސްޓްރިއާ އިން ރަޝިޔާގެ ގޭސް ގަތުން މަދުކޮށް ކުރިއަށް ގެންދާއިރު، އެ ގައުމުތަކުން ވެސް ވަނީ އިތުރު މާކެޓްތައް ހޯދައި، ރަޝިޔާގެ ހަކަތައަށް ބަރޯސާވުން ކުޑަވެފަ އެވެ. މިކަމުގެ ސަބަބުން ޔޫރަޕްގައި ރަޝިއާގެ ނުފޫޒުނކުޑަވެގެންދެއެވެ.









