Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އެސްއޯއީތަކުން ލޯނު ނަގާއިރު ހުއްދަ ނަގަން ޖެހޭ ގޮތަށް މުހިއްމު ނިންމުންތަކެއް ޕީސީބީން ނިންމައިފި

އާނާ ފަހީމް
663 ދުވަސް ކުރިން - 31 ޑިސެންބަރު 2024 19:08
އެސްއޯއީތަކުން ލޯނު ނަގާއިރު ހުއްދަ ނަގަން ޖެހޭ ގޮތަށް މުހިއްމު ނިންމުންތަކެއް ޕީސީބީން ނިންމައިފި
ޚުލާސާ

ލޯނު ނެގުމާއި، އޮނިގަނޑަށް ބަދަލު ގެނައުމާއި، އިންވެސްޓްމަންޓް ހެދުމާއި، މުވައްޒަފުންނަށް ބޯނަސް ދިނުމުގައި އަމަލުކުރާނެ އައު އުސޫލުތަކެއް، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ޕީސީބީން މުހިންމު ނިންމުންތަކެއް ނިންމައިފި.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް މުހިންމު ނިންމުންތަކެއް ނިންމައިފިއެވެ. މި ނިންމުންތަކުގެ ތެރޭގައި ކުންފުނިތަކުން ލޯނު ނެގުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިނެއް އެކުލަވާލުން ހިމެނެއެވެ.

މި އައު ގައިޑްލައިނުގެ ދަށުން، ކުންފުނިތަކުން ލޯނު ނެގުމުގެ ކުރިން ސަރުކާރުގެ ހުއްދަ ހޯދަންޖެހޭނެއެވެ. މި ހުއްދަ ދޭނީ ފިނޭންސް މިނިސްޓްރީންނެވެ. ލޯނު ނެގުމަށް ކުންފުނީގެ ބޯޑުން ފާސްކުރާތާ 5 ދުވަހުގެ ތެރޭގައި ޕީސީބީއަށް އެކަން އަންގަންޖެހޭނެއެވެ.

އޮނިގަނޑަށާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުމުގައިވެސް އައު އުސޫލުތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. މިގޮތުން، މިފަދަ ބަދަލެއް ގެންނަން ބޭނުންވާނަމަ، ކުންފުނިން އެކަމާ ގުޅޭ އިޖުރާއާތުތައް ފުރިހަމަކޮށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭނެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ކުންފުނިތަކުން އިންވެސްޓްމަންޓްތައް ހެދުމުގެ ކުރިންނާއި މުވައްޒަފުންނަށް ބޯނަސް ނުވަތަ އިންސެންޓިވްތައް ދިނުމަށް ނިންމުމުގެ ކުރިންވެސް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަންޖެހޭނެއެވެ. މީގެ ތެރޭގައި ކުންފުނީގެ މެނޭޖްމަންޓަށް ދޭ އިނާޔަތްތަކާއި، ބޯނަސް އަދި އިންސެންޓިވްތައްވެސް ހިމެނެއެވެ.

ޕީސީބީން ވަނީ ސަރުކާރުން އަލަށް އުފައްދާ ކުންފުނިތައް ގިންތިކުރުމުގެ އުސޫލުތަކެއްވެސް ކަނޑައަޅާފައެވެ. މި އުސޫލުގެ ދަށުން، އައު ކުންފުނިތަކުގެ ބޯޑު މެންބަރުންނަށް ދޭ އިނާޔަތް ކަނޑައެޅުމުގެ އުސޫލުތައް ވެސް ވަނީ ބަޔާންކޮށްފައެވެ.

އަދި ޕީސީބީން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނަމޫނާ ހިންގުމުގެ ގަވާއިދެއްވެސް އެކުލަވާލާފައެވެ. މި ގަވާއިދަކީ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ކޯޕަރޭޓް ގަވަނަންސްގެ ހަމަތައް ނެގެހެއްޓުމަށްޓަކައި އެކުލަވާލާފައިވާ ނަމޫނާ ގަވާއިދެއްކަމަށް ޕީސީބީން ބުނެފައިވެއެވެ.

މި އައު އުސޫލުތަކާއި ގަވާއިދުތައް ތަޢާރަފުކުރުމުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ ކުންފުނިތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، މާލީ އަދި އިދާރީ ގޮތުން ޒިންމާދާރު ގޮތެއްގައި އެ ކުންފުނިތައް ހިންގުން ކަށަވަރުކުރުމެވެ. މިގޮތުން، ލޯނު ނެގުމާއި، އޮނިގަނޑަށް ބަދަލު ގެނައުމާއި، އިންވެސްޓްމަންޓް ހެދުމާއި، މުވައްޒަފުންނަށް ބޯނަސް ދިނުން ފަދަ މުހިންމު ނިންމުންތައް ނިންމުމުގައި އިތުރު ބެލުމެއް ގެނެސް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ހޯދުން ލާޒިމުކޮށްފައިވެއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ފެނަކައިގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރަކަށް އަޒުވަރު އަދި ޑިރެކްޓަރަކަށް އިބްރާހިމް ނިޒާމް

ފެނަކައިގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރަކަށް އަޒުވަރު އަދި ޑިރެކްޓަރަކަށް އިބްރާހިމް ނިޒާމް

10 ދުވަސް ކުރިން - 14:58

މިފްކޯގެ ޗެއަރޕަރސަންގެ މަގާމަށް އަބްދުﷲ ފާއިޒް އައްޔަނުކުރައްވައިފި

މިފްކޯގެ ޗެއަރޕަރސަންގެ މަގާމަށް އަބްދުﷲ ފާއިޒް އައްޔަނުކުރައްވައިފި

54 ދުވަސް ކުރިން - 16:35

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

އެސްޓީއޯގެ ބޯޑު މެންބަރުކަމުން ދާނިޝް މުހައްމަދު އަމީން އިސްތިއުފާ ދެއްވައިފި

54 ދުވަސް ކުރިން - 15:54

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

69 ދުވަސް ކުރިން - 10:56

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަނުކުރި ހާރިސްއަކީ 30 އަހަރުގެ ތަޖުރިބާހުރި ބޭފުޅެއް

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމަށް އައްޔަނުކުރި ހާރިސްއަކީ 30 އަހަރުގެ ތަޖުރިބާހުރި ބޭފުޅެއް

89 ދުވަސް ކުރިން - 09:39

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ނިޔާޒް ވަކިކޮށްފި

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ނިޔާޒް ވަކިކޮށްފި

94 ދުވަސް ކުރިން - 16:25