Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދެކުނު ކޮރެއާގެ ބޯޓު ވެއްޓުނީ ކިހިނެއް؟

ދެކުނު ކޮރެއާގެ ބޯޓު ވެއްޓުނީ ކިހިނެއް؟

ޖަވާދު
605 ދުވަސް ކުރިން - 31 ޑިސެންބަރު 2024 14:30
ދެކުނު ކޮރެއާގެ ބޯޓު ވެއްޓުނީ ކިހިނެއް؟
ޚުލާސާ

ދޫނި އައިނެއް އަންނާނެ ކަމުގެ އިންޒާރު ލިބުނުތާ މާގިނައިރެއް ނުވެ ބޯޓު ރަންވޭއަށް އިމަޖެންސީގައި ތިރިކުރިއިރު ފުރޮޅުތައް ނުހުޅުވާ. ފުލައިޓުގެ ކަޅުފޮށި ވަނީ ސަލާމަތް ކުރެވިފައި.

ދެކުނު ކޮރެއާގެ ޖެޖޫ އެއާލައިންސްގެ ބޯޓަށް ދިމާވި ހާދިސާއެއްގައި އެކްސިޑެންޓުވެ 179 ފަސިންޖަރުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، ބޯޓުގެ ބައިތަކުގެ ތެރެއިން ދެ މީހަކު ދިރިތިއްބާ ވަނީ ސަލާމަތްކޮށްފަ އެވެ.

މި އެކްސިޑެންޓަކީ ދެކުނު ކޮރެއާގެ ބިމުގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓްގެ ގޮތުގައި އެގައުމުން ސިފަކުރަމުންދާއިރު، އެ އެކްސިޑެންޓްގައި ގިނަ އަދަދެއްގެ މީހުން އެއްފަހަރާ މަރުވި އެވެ.

ނޫސް އެޖެންސީ އޭއެފްޕީ އިން ބުނި ގޮތުގައި މި އެކްސިޑެންޓްގެ ތަހުގީގު ފެށިފައިވީ ނަމަވެސް، އެކިއެކި ފަރާތްތަކުން މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ހޯދުމަށް މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.

Advertisement

Advertisement 1

ހުކުރު ދުވަހުގެ ހެނދުނު 9 އެހާއިރު ވީ ކިހިނެއް؟

އަގުހެޔޮ އެއާލައިނެއް ކަމަށްވާ ޖެޖޫ އެއާ ބެންކޮކުން ދެކުނު ކޮރެއާއަށް ދަތުރުކުރަމުން ދިޔައީ ފަޅުވެރިން ހިމެނޭ ގޮތަށް ޖުމްލަ 181 ފަސިންޖަރުންނާ އެކު އެވެ.

އޮފިޝަލުންނާއި ޙަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި ބޯޓު ޖައްސަން އުޅުނީ ހުކުރު ދުވަހުގެ ހެނދުނު 9 ޖަހާ އެހާކަންހާއިރު ދެކުނު ކޮރެއާގެ މޯއަން އެއާޕޯޓުގައި ކަމަށެވެ. އެވަގުތު އެއީ ކޮންޓްރޯލް ޓަވަރުން ދޫނި ބައިގަނޑެއް އަންނާނެ ކަމަށް އިންޒާރު ދިންތާ މާގިނައިރުތަކެއް ނުވެ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓު ލޭންޑިން ގިއާ އާއި ފުރޮޅުތައް ނުހުޅުވައި ރަންވޭއަށް ވަންނަނިކޮށް ފެންސެއްގައި ޖެހި، އޭގެ ފަހުން ބާރު ގޮވުމެއް ގޮވައި ބޯޓުގައި އަލިފާން ރޯވި އެވެ.

މި އެކްސިޑެންޓްގައި ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިންނާއި 175 ފަސިންޖަރުން ވަނީ މަރުވެފައެވެ.

އޮފިޝަލުން ބުނީ އުމުރުން ތިން އަހަރާއި 78 އަހަރާ ދެމެދުގެ ހުރިހާ މީހުންނަކީ ދެކުނު ކޮރެއާގެ މީހުން ކަމަށާއި ތައިލެންޑުން ނިސްބަތްވާ މީހުންނަކީ އެންމެ ދެ މީހުން ކަމަށެވެ.

މި އެކްސިޑެންޓް ހިނގިއިރު ޖެޖޫ އެއާލައިންގެ މަތިންދާބޯޓު މޮއަން އެއާޕޯޓުގައި ޖައްސާފައި އޮތެވެ. ފޮޓޯ: އޭއެފްޕީ

ރެސްކިއު އޮފިޝަލުން ވަނީ 25 އަހަރާއި 33 އަހަރުގެ ދެ ފްލައިޓް އެޓެންޑެންޓުން ދިރިތިއްބާ ސަލާމަތްކޮށްފަ އެވެ.

އެކްސިޑެންޓް ހިނގީ ކިހިނެއް؟

ބޯޓު ވެއްޓުމުގެ ތަހުގީގެއް ފަށާފައިވީ ނަމަވެސް ދޫނިތައް ޖެހުމާއި މޫސުން ގޯސްވުމުގެ ސަބަބުތަކާ މެދު ތަހުޤީޤުކުރާ ފަރާތްކަކުން ފޯކަސް ގެއްލުވާނުލައެވެ.

ފްލައިޓްގެ ޑޭޓާ ރެކޯޑަރާއި ކޮކްޕިޓް ވޮއިސް ރެކޯޑަރު ވެސް ފެނިފައިވަނީ ކަޅު ފޮށީގެ ތެރެއިން ކަމަށް ޓްރާންސްޕޯޓްގެ ނައިބު މިނިސްޓަރު ޖޯ ޖޮންގް ވާން ވިދާޅުވި އެވެ.

އުދުހުމުގެ ތެރޭގައި މަތިންދާބޯޓެއްގައި ދޫނި ޖެހުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެކެވެ. އިންޓަނޭޝަނަލް އޭވިއޭޝަން އޯގަނައިޒޭޝަނުން ބުނާ ގޮތުގައި މަތިންދާބޯޓެއްގެ އެއާ އިންޓޭކްގައި ދޫންޏެއް ތާށިވެއްޖެނަމަ ބޯޓުގެ ކަރަންޓް ގެއްލޭ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޫނިތަކުގެ ހަމަލާތަކުގެ ސަބަބުން ގިނަ އެކްސިޑެންޓްތަކެއް ވަނީ ހިނގާފައެވެ.

އެކްސިޑެންޓް ހިނގިތާ ވަގުތުން ސިފައިންނާއި އިމަޖެންސީ ޓީމްގެ އެހެން މީހުން ހިމެނޭ ގޮތަށް އެތައް ސަތޭކަ ފަޔާ ފައިޓަރުންނެއް އެތަނުގައި ހަރަކާތްތެރިވިއިރު އެގައުމުގެ އެކްޓިން ރައީސް ވަނީ އެތަން ހާއްސަ ޑިޒާސްޓާ ޒޯނެއްގެ ގޮތުގައި އިއުލާންކޮށްފަ އެވެ.

ފްލައިޓް ޑޭޓާ ރެކޯޑަރާއި ކޮކްޕިޓް ވޮއިސް ރެކޯޑަރު ހޯދައިފި އެވެ. ފޮޓޯ: އޭއެފްޕީ

ސަރުކާރުގެ ރައްދު

މި އެކްސިޑެންޓް ހިނގާފައިވަނީ ދެކުނު ކޮރެއާއަށް ސިޔާސީ މުސީބާތެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ހަނދާން ނައްތާނުލަންޖެހޭ ކަމަކީ ރައީސް ޔޫން ސުކްޔޫލް އިމްޕީޗް ކުރުމުގެ މަދު ދުވަސްކޮޅެއް ކުރިން ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު މާޝަލް ލޯ އިއުލާން ކުރެއްވި ކަމެވެ.

އޭވިއޭޝަން ސޭފްޓީ ރެކޯޑް

ދެކުނު ކޮރެއާގެ އޭވިއޭޝަން ސިނާއަތުގައި ސަލާމަތީ ގޮތުން ނިސްބަތުން ދަށް ރެކޯޑެއް އޮތްއިރު، ދާދި ފަހުން ހިނގި އެކްސިޑެންޓަކީ ޖެޖޫ އެއާގެ ފުރަތަމަ މަރުގެ އެކްސިޑެންޓެވެ.

12 އޮގަސްޓް 2007 ގައި ޖެޖޫ އެއާގެ ބޮމްބާޑިއާ ކިއު400 ވައި ބާރުވެ ކޮންޓުރޯލް ނުކުރެވުމުގެ ސަބަބުން ރަންވޭއިން ވެއްޓި ދިހަވަރަކަށް މީހުންނަށް އަނިޔާވި އެވެ.

ދެކުނު ކޮރެއާގައި 2002 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބެއިޖިން އިން ދަތުރުކުރި އެއާ ޗައިނާ ބޮއިން 767 ބޯޓެއް ވެއްޓުނެވެ. އެފަހަރު 129 މީހުން މަރުވި އެވެ.

ދެކުނު ކޮރެއާގެ އެއާލައިންގައި 2013 ވަނަ އަހަރުގެ ޖުލައި މަހުގެ ހަ ވަނަ ދުވަހު ކެލިފޯނިއާގައި ވެސް އެކްސިޑެންޓެއް ހިނގިއެވެ. އޭޝިއާނާ އެއާލައިންސްގެ ބޮއިން 777 މަތިންދާބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ތިން މީހަކު މަރުވެ 182 މީހުން ޒަހަމްވެފައިވެ އެވެ.

ހަމައެހެންމެ، 1983 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ދެކުނު ކޮރެއާގެ ބޯޓަކަށް ރަޝިއާއިން ހަމަލާދީ ވައްޓާލިއެވެ. ސޯވިއެޓް ފަޔަރ ޖެޓަކުން ބޮއިން 747 ބޯޓެއް ވައްޓާލިއިރު، މޮސްކޯއިން ބުނީ އެއީ ޖާސޫސީ ބޯޓެއް ކަމަށް ހީކޮށް އޮޅިގެން ދެވުނު ހަމަލާއެކެވެ.. އެފަހަރު ނިއުޔޯކުން ދެކުނު ކޮރެއާގެ ވެރިރަށް ސޯލް އަށް ދަތުރުކުރި ކޮރެއަން އެއާގެ ފްލައިޓުގައި ތިބި 23 ފަޅުވެރިންނާއި 246 ފަސިންޖަރުން ވަނީ މަރުވެފަ އެވެ.

ރިޕޯޓްދެކުނު ކޮރެއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

12 ދުވަސް ކުރިން - 11:18

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓްލޭޑީ ހަތް އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓްލޭޑީ ހަތް އަހަރަށް ޖަލަށްލުމަށް ޙުކުމް ކޮށްފި

63 ދުވަސް ކުރިން - 22:22

ދެވަނަ މެޗުގައި ދެކުނު ކޮރެއާއިން ފަހަތުން އަރައި ޗެކް ރިޕަބްލިކް ބަލިކޮށްފި

ދެވަނަ މެޗުގައި ދެކުނު ކޮރެއާއިން ފަހަތުން އަރައި ޗެކް ރިޕަބްލިކް ބަލިކޮށްފި

78 ދުވަސް ކުރިން - 13:28

އޭއައި ބޭނުންކޮށްގެން ދޮގު ހެކި އުފައްދާ ކޮރެއާގެ މަޝްހޫރު އެކްޓަރު ކިމް ސޫ-ހިޔުންގެ ކެރިއަރު ދުއްވާލައިފި

އޭއައި ބޭނުންކޮށްގެން ކިމް ސޫ-ހިޔުންގެ ކެރިއަރު ދުއްވާލައިފި

98 ދުވަސް ކުރިން - 04:01

ދ.ކޮރެއާގެ ފެކްޓަރީ އެއްގައި ރޯވެ 60 މީހުން ޒަޚަމްވެ، މަރުވެއްޖެ

ދ.ކޮރެއާގެ ފެކްޓަރީއެއްގައި ރޯވެ 60މީހުން ޒަޚަމްވެ، މަރުވެއްޖެ

159 ދުވަސް ކުރިން - 07:02

100,000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ބީޓީއެސް އިން އަލުން ސްޓޭޖަށް!

ލައްކައަށްވުރެ ގިނަ ސަޕޯޓަރުންނާއެކު ބީޓީއެސް އަލުން ސްޓޭޖަށް!

160 ދުވަސް ކުރިން - 01:49