Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ބުދަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެ

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ބުދަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެ

އާނާ ފަހީމް
618 ދުވަސް ކުރިން - 30 ޑިސެންބަރު 2024 20:05
އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު.
އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު.
ޚުލާސާ

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، އެ ޤައުމުގެ ވިޔަފާރީގެ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް ފުރުޞަތު ފަހިވެގެންދާނެ.

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޗައިނާގެ މިނިސްޓަރ އޮފް ކޮމާސް ވަންގ ވެންޓާއޯ އަދި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، އެޤައުމުގައި ހުރި ވިޔަފާރީގެ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް ފުރުޞަތު ފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ފަންނީ ދާއިރާގައި މަސައްކަތްކުރާ ދިވެހިންނަށް ޗައިނާގެ މާކެޓަށް ޚިދުމަތް ފުޅާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ އުފެއްދުންތައް ޗައިނާ މާކެޓަށް އެކްސްޕޯޓް ކުރުމުގެ ފުރުޞަތު ލިބި، ވަޒީފާގެ އިތުރު ފުރުޞަތުތައް އުފެދި، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއަރައިގެންދާނެކަމަށް ވަޒީރު ވިދާޅުވެއެވެ.

Advertisement

Advertisement 1

ޗައިނާގެ ކޮމާސް މިނިސްޓަރ ވަންގ ވެންޓާއޯ ވިދާޅުވީ މި އެއްބަސްވުމާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް މަސް އެކްސްޕޯޓުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށާއި، މި ބާވަތްތައް ޒީރޯ ޓެރިފްގައި ޗައިނާއަށް އެކްސްޕޯޓު ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި މިހާރުވެސް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ދަނީ ކުރެވެމުންނެވެ. އަދި މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމާއެކު މި ޢަދަދު 1 ބިލިޔަން ޑޮލަރަށް އަރާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.

މިނިސްޓްރީ އޮފް އެކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓުރޭޑްޗައިނާ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

5 ދުވަސް ކުރިން - 10:15

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

9 ދުވަސް ކުރިން - 08:59

ނޭޕާލުގައި ފެންބޮޑުވެ 400 އަށްވުރެ ގިނަ މީހުން މަރުވެފައިވަނިކޮށް އިތުރު ކޯރެއް ބަންޑުންވުމުގެ ބިރު ބޮޑުވެއްޖެ

ނޭޕާލުގައި އިތުރު ކޯރެއް ބަންޑުންވެ، އަނެއްކާވެސް ފެންބޮޑުވެދާނެކަމުގެ ބިރު ބޮޑުވެއްޖެ

12 ދުވަސް ކުރިން - 12:31

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

އެމް.އެން.ޔޫ. އިން ހިލޭ ޗައިނާ ބަސް ދަސްކޮށްދެނީ

41 ދުވަސް ކުރިން - 09:44

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

54 ދުވަސް ކުރިން - 16:01

ތޫފާން ބާވީ ޗައިނާއަށް އަރައި، 1.7 މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޗައިނާއަށް ތޫފާނެއް އަރައި، މިލިއަނަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

59 ދުވަސް ކުރިން - 23:28

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%