ތިމަރަފުށީގެ ގެއަކަށް ވަދެ މާރާމާރީ ހިންގި ފަސް މީހަކު ހައްޔަރުކޮށްފި

އަހްމަދު އީޒާން | 294 ދުވަސް ކުރިން - 29 ޑިސެންބަރު 2024 13:51
ތިމަރަފުށީގެ ގެއަކަށް އިއްޔެ ވަދެ މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރި މީހުން / ފޮޓޯ: ޕޮލިސް
ތިމަރަފުށީގެ ގެއަކަށް އިއްޔެ ވަދެ މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރި މީހުން / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން މިއަދު ބުނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު އެ ރަށުން ހައްޔަރުކޮށްފައިވާ ކަމަށް.

ތ. ތިމަރަފުށީގެ ގެއަކަށް އިއްޔެ ވަދެ މާރާމާރީ ހިންގި މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު އެ ރަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުންނަކީ އެ ރަށު ޖަހާމުގުރިގެ، އަހްމަދު އަމީން، 36 އާއި ސަލްވާ، އަހްމަދު ޝަހުދީ، 38 އާއި ހިރި، އާސް އިބްރާހިމް، 32 އާއި ގުލްބަކާވިލާ، އަބްދުﷲ އަޝްރަފް، 39ގެ އިތުރުން ވިލިމާލެ، ވަވަތް، މުހައްމަދު ރައޫފު، 54 އެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަކަން ފިޔަވައި އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. އެ މާރާމާރީގައި މީހަކަށް އަނިޔާވި ކަމަށް ފުލުހުން އަދި ނުބުނެ އެވެ.

ފުލުހުން ކުރިން ބުނީ އިއްޔެ މެންދުރު ފަހު 1:27 ހާއިރު ތިމަރަފުށީގެ ގެއަކަށް ފަސް މީހަކު ވަދެ މާރާމާރީ ހިންގި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%