Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެއާ މޯލްޑިވްސް ބަނގުރޫޓުވިފަހުން ރާއްޖެ ގެންނަ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު އަންނަ މަހު ގެންނަނީ

އެއާ މޯލްޑިވްސް ބަނގުރޫޓުވިފަހުން ރާއްޖެ ގެންނަ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު އަންނަ މަހު ގެންނަނީ

އައިޝަތު ރުވާ ރިފްޢަތު
619 ދުވަސް ކުރިން - 29 ޑިސެންބަރު 2024 22:13
މޯލްޑިވިންގެ މަތިންދާބޯޓެއް.
މޯލްޑިވިންގެ މަތިންދާބޯޓެއް.
ޚުލާސާ

މޯލްޑިވިއަންގެ މި މަތިންދާބޯޓު ރާއްޖެ ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްޓަކައި މޯލްޑިވިއަންގެ ޓެކްނިކަލް ޓީމެއް މިވަގުތު ލިތުއޭނިއާގައި ހަރަކާތްތެރިވަމުން އެބަދޭ.

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖެއަށް ވައިޑް ބޮޑީ މަތިންދާބޯޓެއް އަންނަ ޖެނުއަރީ މަހު 6 ވަނަ ދުވަހު ގެނެސް ދަތުރުތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖެއަށް މީގެ ކުރިން މިފަދަ މަތިންދާބޯޓެއް ގެނެސްފައި ވަނީ މުޙައްމަދު އަމީންގެ ދައުރުގައި އެއާ މޯލްޑިވްސްއިންނެވެ. ނަމަވެސް އެ އެއާލައިން ވަނީ ބަނގުރޫޓުވެ 2000 ވަނަ އަހަރުގައި އޮޕަރޭޝަންތައް ހުއްޓާލާފައެވެ.

މޯލްޑިވިއަންގެ މި މަތިންދާބޯޓު ރާއްޖެ ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްޓަކައި މޯލްޑިވިއަންގެ ޓެކްނިކަލް ޓީމެއް މިވަގުތު ލިތުއޭނިއާގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

Advertisement

Advertisement 1

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ވައިޑް ބޮޑީ އެއާކްރާފްޓުގެ ޚިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުރަތަމަ މަތިންދާބޯޓު އަންނަ މަހު ގެންނަން ހަމަޖެހިފައިވާއިރު މި ބޯޓަކީ A-330 މަރުކައިގެ މަތިންދާބޯޓެކެވެ. މިއީ 264 މީހުން އުފުލޭ ބޯޓަކަށް ވާއިރު އަހަރެއްގެ ތެރޭގައި 60,000 ފަސިންޖަރުން މި ބޯޓުގައި އުފުލޭނެ ކަމަށް މޯލްޑިވިއަނުން އަންދާޒާކުރެއެވެ.

މޯލްޑިވިއަން އިން ފާހަގަކުރި ގޮތުގައި، މި ބޯޓަކީ ދަތުރުތަކުގައި ބޭނުންކުރުމަށް އެންމެ ރަނގަޅު މަތިންދާބޯޓެއްކަން އެ ޓީމަށް ކަށަވަރުވުމުން، އެ ބޯޓު ޚިދުމަތަށް ނެރުމަށް ކުރަންޖެހޭ މަސައްކަތްތައް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ފަށާފައެވެ.

މޯލްޑިވިއަން އިން ބުނީ ވައިޑްބޮޑީ މަތިންދާބޯޓު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އެކަން ފާހަގަކުރުމަށް ޚާއްސަ ޙަރަކާތްތަކެއް އިންތިޒާމުކުރާނެކަމަށެވެ.

މީގެ އިތުރުން، ވައިޑްބޮޑީ މަތިންދާބޯޓުގެ ޚިދުމަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށްފަހު، އިތުރު މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް މޯލްޑިވިއަން އިން މީގެކުރިން ވެސް ބުނެފައިވެއެވެ. މި މަސައްކަތަކީ ޤައުމީ އެއާލައިންގެ ތަރައްޤީއަށާއި، ދިވެހި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ވެސް މޯލްޑިވިއަން އިން ބުންޏެވެ.

"މިއީ ހަމައެކަނި އައު މަތިންދާބޯޓެއް ގެނައުމުގެ މަސައްކަތެއް ނޫން. މިއީ އަޅުގަނޑުމެންގެ ދިވެހި މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން ދައްކުވައިދޭ މުހިންމު މަސައްކަތެއް. މި މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުތަކަށް އައު ތަޖުރިބާތަކެއް ލިބި، އެމީހުންގެ ފަންނީ ޤާބިލުކަން އިތުރަށް ރަނގަޅުވެގެންދާނެ." މޯލްޑިވިއަން އިން ބުންޏެވެ.

ވައިޑްބޮޑީ މަތިންދާބޯޓު ރާއްޖެއަށް ގެނައުމުން، ދުރު މަންޒިލުތަކަށް ސީދާ ދަތުރުތައް ކުރުމުގެ ފުރުޞަތު ލިބި، ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި، މި ބޯޓުގެ ސަބަބުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި ދިވެހި ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މި މަސައްކަތަކީ ހަމައެކަނި މޯލްޑިވިއަންގެ ކުރިއެރުމަށް ކުރެވޭ މަސައްކަތެއް ނޫން ކަމަށާއި މިއީ މުޅި ރާއްޖޭގެ އިޤްތިޞާދަށާއި، ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަަށް މޯލްޑިވިއަން އިން ފާހަގަކުރިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

5 ދުވަސް ކުރިން - 13:10

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2.54 ބިލިޔަން ރުފިޔާއަށް އަރައިފި

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

6 ދުވަސް ކުރިން - 13:57

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

19 ދުވަސް ކުރިން - 08:26

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

21 ދުވަސް ކުރިން - 10:06

ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

ރާޔާ އެއާވޭސް އިން ރާއްޖެއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

26 ދުވަސް ކުރިން - 16:50

ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވެލާނާ އެއަރޕޯޓުން ކާމިޔާބުކަމާއެކު ހޭންޑްލްކޮށްފި

ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވެލާނާ އެއަރޕޯޓުން ކާމިޔާބުކަމާއެކު ހޭންޑްލްކޮށްފި

41 ދުވަސް ކުރިން - 10:06