ތިމަރަފުށީގެ ގެއަކަށް ފަސް މީހަކު ވަދެ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަނީ

އަހްމަދު އީޒާން | 295 ދުވަސް ކުރިން - 28 ޑިސެންބަރު 2024 19:40
ތ. ތިމަރަފުށި މަގެއް މަތި / ފޮޓޯ: ތިމަރަފުށި ކައުންސިލް
ތ. ތިމަރަފުށި މަގެއް މަތި / ފޮޓޯ: ތިމަރަފުށި ކައުންސިލް
ޚުލާސާ

އެ މާރާމާރީގައި މީހަކަށް އަނިޔާވި ކަމަށް ފުލުހުން ނުބުނެ.

ތ. ތިމަރަފުށީގެ ގެއަކަށް ފަސް މީހުންގެ ގުރޫޕަކުން ވަދެ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު ފަހު 1:27 ހާއިރު ތިމަރަފުށީގެ ގެއަކަށް ފަސް މީހަކު ވަދެ މާރާމާރީ ހިންގި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި މީހަކަށް އަނިޔާވި ކަމަށް ފުލުހުން ނުބުނެ އެވެ.

އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%