Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން: ތާރީޚީ ރެކޯޑެއް

ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން: ތާރީޚީ ރެކޯޑެއް

އާނާ ފަހީމް
622 ދުވަސް ކުރިން - 26 ޑިސެންބަރު 2024 12:04
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 2 މިލިޔަންވަނަ ފަތުރުވެރިޔާ. / ފޮޓޯ: ޕީއެސްއެމް
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 2 މިލިޔަންވަނަ ފަތުރުވެރިޔާ. / ފޮޓޯ: ޕީއެސްއެމް
ޚުލާސާ

ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ރާއްޖެއަށް މިއަހަރު ގެނައުމަށް އަމާޒުކޮށްފައިވާ 2 މިލިޔަން ފަތުރުވެރިންގެ އަމާޒު މިއަދު ވަނީ ޙާޞިލްވެފައި.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް މިއަދު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 2 މިލިޔަނަށް އަރައި، މިއަހަރަށް ކަނޑައަޅާފައިވާ އަމާޒު ޙާޞިލުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ އައު ރެކޯޑެއް ވަނީ ޤާއިމުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލާއި، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއާއި، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement 1

ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އޮސްޓްރިޔާގެ އަންހެނެކެވެ. އޭނާ ރާއްޖެ ވަޑައިގެންފައިވަނީ އޭނާގެ ފިރިމީހާއާއި ދެ ދަރިންނާ އެކުގައެވެ. މި ފަތުރުވެރިޔާއަށް މަރުޙަބާ ކިޔާފައިވަނީ ދިވެހި ސަޤާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކުގައެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވިދާޅުވީ، އަންނަ އަހަރު ފަތުރުވެރިކަން ސިންދަފާތުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރު ދެ މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ގެނައުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 3 ޤައުމަކީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.

ޓޫރިޒަމް މިނިސްޓްރީއެމްއެމްޕީއާރުސީފަތުރުވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

2 ދުވަސް ކުރިން - 19:54

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

4 ދުވަސް ކުރިން - 12:32

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

5 ދުވަސް ކުރިން - 13:10

އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 2.54 ބިލިޔަން ރުފިޔާއަށް އަރައިފި

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

6 ދުވަސް ކުރިން - 13:57

އޮގަސްޓު މަހުގެ ނިޔަލަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

އޮގަސްޓުގެ ނިޔަލަށް 1.4 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

8 ދުވަސް ކުރިން - 12:07

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

9 ދުވަސް ކުރިން - 14:46