Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިއަދު ދެ މިލިއަން ފަތުރުވެރިން، ތާރީޚީ ކާމިޔާބީއެއް

މިއަދު ދެ މިލިއަން ފަތުރުވެރިން، ތާރީޚީ ކާމިޔާބީއެއް

އުސްތާޛް މުޙައްމަދު ޢަލީ
547 ދުވަސް ކުރިން - 26 ޑިސެންބަރު 2024 07:28
މިއަދު ދެ މިލިއަން ފަތުރުވެރިން، ތާރީޚީ ކާމިޔާބީއެއް
ޚުލާސާ

ދެމިލިއަން ފަތުރުވެރިޔާ ހަމަކުރަން އިއްޔެއާއި ހަމަޔަށް މަދުވަނީ އެންމެ 841. މިމަހު އެވްރެޖްކޮށް ދުވާލަކު 2000 އާއި ގާތްކުރާ ޢަދަދަކަށް ޓޫރިސްޓުން އާދޭ. އެހެންކަމުން 2 މިލިއަން ހަމަވާން ބާކީ އޮތީ ކުޑަކުޑަ ވަގުތުކޮޅެއް.

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަހަރެއްގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެ މިލިއަނަށް އަރަން އޮތީ މަދު ގަޑިތަކެކެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ 52 އަހަރުގެ ދިގު ތާރީޚުގައި މީގެ ކުރިން ދެކެފައިނުވާ ކާމިޔާބީއެކެވެ.

ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، ދެމިލިއަން ހަމަކުރުމަށް އިއްޔެއާއި ހަމަޔަށް މަދުވަނީ އެންމެ 841 ޓީރިސްޓުންނެވެ. އެހެންކަމުން މިއަދުގެ ވަގުތެއްގައި ދެ މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެއަށް ޒިޔާރަތްކުރާނެއެވެ. އެވްރެޖްކޮށް މި ދުވަސްވަރު ދެހާހާއި ގާތްކުރާ ޢަދަދަކަށް ރާއްޖެއަށް ޓޫރިސްޓުން އާދެއެވެ. އެހެންކަމުން ދެން އޮތީ ހަމަ ކުޑަކުޑަ ހިނދުކޮޅެކެވެ. މި ތާރީޚީ ވަގުތު ފާހަގަކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ..

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މުޅި އިންޑަސްޓްރީގެ ބުރަ މަސައްކަތުން ހާސިލުކުރެވުނު ކާމިޔާބީއެއް ކަމަށެވެ. "މިއީ މުޅި ގައުމަށް، އަދި އިންޑަސްޓްރީއަށް ލިބޭ ފަޚުރެއް،" އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

2023 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.8 މިލިއަނަށް އެރުމާއި ގުޅިގެން، 2024 ގައި ދެ މިލިއަން ފަތުރުވެރިން ހަމަކުރުމަކީ މިނިސްޓަރު ފައިސަލްގެ އަމާޒަކަށް ވެފައިވެއެވެ. މި އަމާޒު ހާސިލުކުރުމަށް ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، އެކި ފަރާތްތަކުގެ މަސައްކަތުން މި ލަނޑުދަނޑި ވަނީ ހާސިލުކުރެވިފައެވެ.

މި އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ، ރަޝިޔާ އަދި އިނގިރޭސިވިލާތުންނެވެ. ޗައިނާއިން 261,821 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރަޝިޔާއިން 217,724 އަދި އިނގިރޭސިވިލާތުން 176,312 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއެކު، އަންނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދުކުރެވެއެވެ. މި ތާރީޚީ ކާމިޔާބީއާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއަރައި، ޤައުމުގެ އިޤްތިޞާދަށް އިތުރު ފައިދާތަކެއް ލިބޭނެއެވެ.           

ޓޫރިޒަމް މިނިސްޓްރީފައިސަލް އިބްރާހިމް (ކުރީގެ މިނިސްޓަރ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް މަޤާމުން ވަކިކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިޞަލް މަޤާމުން ވަކިކުރައްވައިފި

514 ދުވަސް ކުރިން - 09:54

ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރަނީ

ކުރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތައް ތަރައްޤީކުރަނީ

526 ދުވަސް ކުރިން - 13:12

އާ ބޯޓާއެކު ޗައިނާއިން އަހަރަކު 40,000 ފަތުރުވެރިން ގެންނަން އަމާޒު ހިފައިފި

އާ ބޯޓާއެކު ޗައިނާއިން 40,000 ފަތުރުވެރިން ގެންނަނީ

527 ދުވަސް ކުރިން - 14:12

މަޓާޓޯ އަލުން ރީބްރޭންޑުކޮށް މިއަހަރު “ސާފް ޓޫރިޒަމަށް” އަމާޒު

މަޓާޓޯ އާރޯކޮށް ސާފް ޓޫރިޒަމަށް

533 ދުވަސް ކުރިން - 10:50

ރާއްޖޭގެ ފަތުރުވެރިކަން އައު ރެކޯޑަކާއެކު 2 މިލިއަން ފަހަނައަޅައި ރެކޯޑް ޢަދަދަކަށް މައްޗަށް

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ރެކޯޑް ޢަދަދަކަށް

537 ދުވަސް ކުރިން - 11:28

ފަތުރުވެރިކަމުން ލިބޭ އާމްދަނީ 5 ބިލިޔަން ޑޮލަރަށް އެރުވުމަށް ސަރުކާރުން އަމާޒު ހިފައިފި

ފަތުރުވެރިކަމުން 5 ބިލިޔަން ޑޮލަރު ހޯދުމަށް އަމާޒުކޮށްފި

546 ދުވަސް ކުރިން - 15:56