Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސީރިއާގެ ހަނގުރާމަވެރި ޖަމާއަތްތައް އެއްގަލަކަށް އަރަނީ

ސީރިއާގެ ހަނގުރާމަވެރި ޖަމާއަތްތައް އެއްގަލަކަށް އަރަނީ

ޖަވާދު
533 ދުވަސް ކުރިން - 25 ޑިސެންބަރު 2024 09:00
އެޗްޓީއެސްގެ ލީޑަރު ވިދާޅުވަނީ އޭނާގެ ވެރިކަމެއްގައި ހުޅަނގުން ބިރުގަންނަންޖެހޭ އެއްވެސް ކަމެއް ދިމާނުވާނެ ކަމަށް.
އެޗްޓީއެސްގެ ލީޑަރު ވިދާޅުވަނީ އޭނާގެ ވެރިކަމެއްގައި ހުޅަނގުން ބިރުގަންނަންޖެހޭ އެއްވެސް ކަމެއް ދިމާނުވާނެ ކަމަށް.
ޚުލާސާ

ސީރިއާގައިތިބި އެކި ޖަމާޢަތްޖަމާޢަތުގެ ހަނގުރާމަވެރިން ހަތިޔާރުތައް ބަހައްޓައި އައު ސަރުކާރާއެކު ޑިފެންސް މިނިސްޓްރީގެ ދަށުން ކުރިޔަށް ދިޔުމަށް އެއްބަސްވެއްޖެ.

ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅަށް ހަތިޔާރު ނަގައި ހަނގުރާމަކުރި ޖަމާއަތްތަކުން އާ ސަރުކާރާ ހަތިޔާރުތައް ހަވާލުކޮށް، ޖަމާއަތްތައް އުވާލައި ޑިފެންސް މިނިސްޓްރީގެ ދަށަށް ގެންދިއުމުގެ ޕްލޭނަށް އެއްބަސްވެއްޖެއެވެ.

ބައެއް ނުރަސްމީ ޗެނަލްތަކުން ބުނާ ގޮތުގައި މިއީ މާކުރިން ވެސް ހުޅަނގުން ހަދާފައިވާ ޕްލޭނެކެވެ. ނަމަވެސް ޚަބަތުރައް ބުނާ ގޮތުގައި މި ކަމާއި ގުޅޭ ގޮތުން ބޭއްވުނު ބައްދަލުވުމުގައި، ސީރިއާގެ އިރުއުތުރުގެ ސަރަހައްދުތައް ކޮންޓްރޯލްކުރާ އެމެރިކާގެ ތާއީދު ލިބިފައިވާ ކުރުދީ ހަނގުރާމަވެރިންގެ މަންދޫބުން ބައިވެރިވެފައެއް ނުވެއެވެ.

ސަނާ ނިއުސް އެޖެންސީއާއި އެހެނިހެން ކަމާބެހޭ އިދާރާތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ބައްދަލުވުން ނިމުނީ "ހުރިހާ ޖަމާއަތްތަކެއް އުވާލައި ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުން އެ ޖަމާއަތްތައް ބެލެހެއްޓުމަށް" އެއްބަސްވެގެންނެވެ.

Advertisement

Advertisement 1

ސީރިއާގެ އާ ލީޑަރު އަހުމަދު އަލް ޝަރާ ވިދާޅުވެފައިވަނީ އާ އިދާރާތަކުން "ދައުލަތުގެ ކޮންޓްރޯލްގެ ބޭރުން އެ ގައުމުގައި ހަތިޔާރު ހުރުމުގެ ފުރުސަތު ނުދޭނެ" ކަމަށެވެ. މި އުސޫލު ކުރުދީ ހަނގުރާމަވެރިންނަށް ވެސް ހިނގާނެ ކަމަށް ޝަރާ ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ އެމެރިކާއިން ފަންޑުކުރާ ޝަރާގެ ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) ޖަމާއަތުން އިސްނަގައިގެން ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމުގެ ކާމިޔާބު އޮޕަރޭޝަނަށް ދެ ހަފްތާއެއްހާ ދުވަސް ފަހުން އައި ބޮޑު ކުރިއެރުމެކެވެ.

ސީރިއާގައި 13 އަހަރު ވަންދެން ހިނގި ދާޚިލީ ހަނގުރާމައިގެ ސަބަބުން ބައި މިލިއަނަށްވުރެ ގިނަ މީހުން މަރުވެ، އެކި ޖަމާއަތްތަކުން އެކި ސަރަހައްދުތަކުގައި ބާރު ގަދަކޮށްފައިވެއެވެ.

ސީރިއާ
Ad
Ad

ގުޅޭ ޚަބަރުތައް

ސީރިއާގައި ހުރި ކެމިކަލް ހަތިޔާރުތައް ނައްތާލުމަށް ކެނެޑާއިން 5 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ސީރިއާގައިވާ ކެމިކަލްހަތިޔާރުތައް ނައްތާލުމަށް ކެނެޑާއިން 5މިލިއަން ޑޮލަރުދީފި

49 ދުވަސް ކުރިން - 07:55

އެމެރިކާ އިން ހިފި ސީރިއާގެ ހުރިހާ ތަނެއް އަނބުރާ ސީރިއާގެ ސަރުކާރުން ހޯދައިފި

އެމެރިކާއިން ހިފި ސީރިއާގެ ބިންތައް ދިމިޝްޤުން ހޯދައިފި

54 ދުވަސް ކުރިން - 08:28

ޢަރަބީންގެ ވައިގެ ސަރަޙައްދު ހުޅުވަން ފަށައިފި

ޢަރަބީންގެ ވައިގެ ސަރަޙައްދު ހުޅުވަން ފަށައިފި

62 ދުވަސް ކުރިން - 11:02

ޓްރަމްޕް ސަރުކާރުން ސޫރިޔާގެ ރައްޔިތުންނަށް ދީފައިވާ ހިމާޔަތް ނިމުމަކަށް ގެނައުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެ

ސޫރިޔާގެ ރައްޔިތުންނަށް ދީފައިވާ ހިމާޔަތް ނިމުމަކަށް ގެންނަނީ

104 ދުވަސް ކުރިން - 05:08

އިސްރާއީލުން މެދުއިރުމަތި އެއްކޮށް ހިފިއްޔާ ރަނގަޅީ- އެމެރިކާގެ ސަފީރު

ރަނގަޅީ އިސްރާއީލުން މުޅި މެދުއިރުމަތި ހިފީމަ: އެމެރިކާ

108 ދުވަސް ކުރިން - 10:57

ސީރިއާގެ ވެރިކަން ވައްޓާލައި އެތަން ހިފީ ތުރްކިޔޭއިން - ޓްރަމްޕް

ސީރިއާގެ ވެރިކަން ވައްޓާލައި އެތަންހިފީ ތުރްކިޔޭ: ޓްރަމްޕް

119 ދުވަސް ކުރިން - 17:16

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%