މިއަދުގެ ރީތި ތާރީޚާ ދިމާކޮށް މާލޭގައި މިއަދު 52 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން ބުނީ މިއަދުގެ ރަސްމީ ގަޑީގައި 16 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
މިއަދު އެހާ ގިނަ ކައިވެނި ކުރާ ގޮތަށް ހަމަޖެހިފައި ވަނީ މިއަދުގެ ތާރީހު ކަމަށްވާ 24-12-2024 އަކީ ރީތީ ތާރީޚަކަށް ވާތީ ކަމަށް ބެލެވެއެވެ. މިއީ މި އަހަރު އަންނަ އެންމެ ރީތި ތާރީޚުތަކުގެ ތެރޭގައި ހިމެނޭ ދުވަހެކެވެ.
މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް މާލޭގައި ގިނަ ޢަދަދެއްގެ ކައިވެނި ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ފެމިލީ ކޯޓުން ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ނޮވެމްބަރު މަހު ވެސް 192 ކައިވެނި ކޮށްފައިވެއެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު 205 ކައިވެނި ކޮށްފައިވެއެވެ.