Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސްލޮވޭކިއާގެ ބޮޑުވަޒީރު ޕޫޓިން އާއި ބައްދަލުކުރެއްވުމުން ނޭޓޯ އާއި ޔޫކްރޭން ކަންބޮޑުވެއްޖެ

ސްލޮވޭކިއާގެ ބޮޑުވަޒީރު ޕޫޓިން އާއި ބައްދަލުކުރެއްވުމުން ނޭޓޯ އާއި ޔޫކްރޭން ކަންބޮޑުވެއްޖެ

ޖަވާދު
579 ދުވަސް ކުރިން - 23 ޑިސެންބަރު 2024 16:46
ސްލޮވޭކިއާގެ ބޮޑުވަޒީރު ޕޫޓިން އާއި ބައްދަލުކުރެއްވުމުން ނޭޓޯ އާއި ޔޫކްރޭން ކަންބޮޑުވެއްޖެ
ޚުލާސާ

ހުޅަނގުގެ ލީޑަރެއް ކަމަށްވާ ސްލޮވޭކިއާގެ ބޮޑުވަޒީރު ރޮބަރޓް ފީކޯ ރަޝިއާގެ ރައީސްއާއި ބައްދަލުކުރެއްވުމުގެ މައިގަނޑު ބޭނުމަކީ ރަޝިއާގެ ގޭސް ހޯދުމާއި ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާ ކުރެއްވުން.

ސްލޮވޭކިއާގެ ބޮޑުވަޒީރު ރޮބަރޓް ފީކޯ އިއްޔެ މޮސްކޯއަށް ކުއްލި ދަތުރުފުޅެއް ކުރައްވައި، ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ބައްދަލުކުރައްވައިފިއެވެ. މި ދަތުރުފުޅަކީ ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފެށި ފަހުން، ހުޅަނގުގެ ލީޑަރަކު ޕުޓިންއާ ބައްދަލުކުރެއްވި ތިންވަނަ ފަހަރެވެ.

ބޮޑުވަޒީރު ފީކޯ ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަޝިއާގެ ގޭސް ސްލޮވޭކިއާއަށް ސަޕްލައިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. އަދި މީގެ އިތުރުން ޔޫކްރޭނުގެ ހަނގުރާމައާއި ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވައި، ހަނގުރާމަ ހުއްޓުވުމާއި ސުލްޙަ ގެނައުމާއި ގުޅޭ މަޝްވަރާތައް ވެސް ކުރެއްވިއެވެ.

މި ދަތުރުފުޅާ ގުޅިގެން ނޭޓޯ އާއި ޔޫރަޕިއަން ޔޫނިއަންގެ ސަމާލުކަން ވަނީ އިތުރުވެފައެވެ. ބޮޑުވަޒީރު ފީކޯ ވިދާޅުވި ގޮތުގައި ދަތުރުފުޅުގެ މަޢުލޫމާތު ޔޫރަޕިއަން ޔޫނިއަންގެ ކަމާބެހޭ ފަރާތްތަކަށް ވަނީ އަންގަވާފައެވެ. ނަމަވެސް، ނޭޓޯގެ މެންބަރު ޤައުމެއްގެ ލީޑަރަކު ރަޝިއާއާ ބައްދަލުކުރެއްވުމުން އިއްތިހާދުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

Advertisement

Advertisement 1

ފީކޯ ބޮޑުވަޒީރުކަމަށް އަލުން އައްޔަނުކުރެވުމާއެކު ސްލޮވޭކިއާގެ ސިޔާސަތަށް ބޮޑު ބަދަލެއް އައިސްފައިވެއެވެ. އެގޮތުން، ޔޫކްރޭނަށް ދެމުންދިޔަ އަސްކަރީ އެހީތެރިކަން ވަނީ ހުއްޓުވާލާފައެވެ. ނަމަވެސް، ޔޫކްރޭނާއެކު އޮންނަ އެކުވެރިކަން ދަމަހައްޓާނެކަމަށް ބޮޑުވަޒީރު ފީކޯ ވަނީ ވިދާޅުވެފައެވެ.

ސްލޮވޭކިއާ އަދި ހަންގޭރީ ފަދަ ޤައުމުތަކަކީ ރަޝިއާގެ ގޭހަށް ބަރޯސާވާ ޤައުމުތަކެކެވެ. މިކަމާ ގުޅިގެން، ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ހަރުދަނާކަމާމެދު ސުވާލު އުފެދިފައިވެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ޕޫޓިން މި ފިނި މޫސުމުން އައުމުގެ ކުރިން ހުޅަނގަށް އިންޒާރު ދެއްވާފައިވަނީ، ރަޝިއާ އާއި ދެކޮޅަށް ނުކުމެ އުޅޭނަމަ ފިނިމޫސުމުގައި ޖެހޭނީ ފިނީގައި ގަނޑުވާށެވެ. މާނައަކީ ރަޝިއާއިން ގޭހެއް ދޫނުކުރާމެ ކަމަށެވެ.

ރަޝިއާ - ޔުކްރޭންރަޝިއާނޭޓޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

16 ދުވަސް ކުރިން - 21:05

ނޭޓޯ ބައްދަލުވުން: ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބޮޑު މިޝަނެއް ފަށަން ރާވައިފި

ނޭޓޯ ބައްދަލުވުން: ހުރުމުޒް ކަނޑުއޮޅީގެ ސަލާމަތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބޮޑު މިޝަނެއް!

17 ދުވަސް ކުރިން - 18:47

ނޭޓޯ ބައްދަލުވުން؛ އީރާން މައްސަލައިގައި ޓްރަމްޕަށް އެރްދޮޣާން ނޯ ޖަހައިފި

ނޭޓޯ ބައްދަލުވުން؛ އީރާން މައްސަލައިގައި ޓްރަމްޕަށް އެރްދޮޣާން ނޯ ޖަހައިފި

17 ދުވަސް ކުރިން - 17:15

17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކު ތުރްކިޔޭއަށް ވަޑައިގެންފި

17 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ރައީސަކު ތުރްކިޔޭއަށް ވަޑައިގެންފި

17 ދުވަސް ކުރިން - 14:36

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއް ދީފި

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ހަމަލާދީފި

21 ދުވަސް ކުރިން - 23:10

ޖީ7 ގެ އިސްވެރިން ފަރަންސޭސިވިލާތުގައި ބައްދަލުކުރައްވަނީ: އީރާނާއި ޔޫކްރޭންގެ މައްސަލަ އެޖެންޑާގެ ކުރީގައި

ޖީ7 ގެ އިސްވެރިން ފަރަންސޭސިވިލާތުގައި ބައްދަލުކުރައްވަނީ: އީރާނާއި ޔޫކްރޭންގެ މައްސަލަ އެޖެންޑާގައި

39 ދުވަސް ކުރިން - 15:10