Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޔުކްރޭނުގެ 40 ޑްރޯން ރަޝިއާއިން ވައްޓާލައިފި

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޔުކްރޭނުގެ 40 ޑްރޯން ރަޝިއާއިން ވައްޓާލައިފި

ޖަވާދު
625 ދުވަސް ކުރިން - 23 ޑިސެންބަރު 2024 13:02
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޔުކްރޭނުގެ 40 ޑްރޯން ރަޝިއާއިން ވައްޓާލައިފި
ޚުލާސާ

އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި އޮރިއޯލް ސަރަހައްދުގައި 20 ޑްރޯން ނައްތާލާފައިވާއިރު، ރޮސްޓޯވް އަދި ބްރައިއަންސްކް ސަރަހައްދުގައި އަށް ޑްރޯން ވަނީ ނައްތާލައި އެއްރޭ މަތިން ޔުކްރޭނުގެ ޖުމްލަ 40 ޑްރޯން ރަޝިއާއިން ވައްޓައި ނައްތައިލި.

ރަޝިޔާގެ ވައިގެ ދިފާޢީ ނިޒާމުން އެއް ރެއެއްގެ ތެރޭގައި ރަޝިޔާގެ ތަފާތު ފަސް ސަރަހައްދަކަށް ހަމަލާދިން ޔޫކްރޭންގެ 42 ޑްރޯން ވައްޓާލައި ނައްތާލައިފިއެވެ.

އިނގިރޭސިވިލާތުގެ ރޮއިޓާސް ނޫސް އެޖެންސީން ބުނާ ގޮތުގައި ރަޝިޔާގެ ޑިފެންސް މިނިސްޓްރީން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި އޮރިއޯލް ސަރަހައްދުގައި 20 ޑްރޯން ނައްތާލާފައިވާއިރު، ރޮސްޓޯވް އަދި ބްރައިއަންސްކް ސަރަހައްދުގައި އަށް ޑްރޯން ވަނީ ނައްތާލާފަ އެވެ.

އެ މިނިސްޓްރީން ޓެލެގްރާމް އެޕްގައި ކުރި ޕޯސްޓެއްގައި އިތުރަށް ބުނެފައި ވަނީ ކަރސްކް ސަރަހައްދުގެ މަތިން ފަސް ޑްރޯން އާއި ކްރަސްނޯޑާ ކްރައިގެ މަތިން އެއް ޑްރޯން ރަޝިޔާގެ ޑިފެންސްތަކުން ނައްތާލާފައިވާ ކަމަށެވެ.

Advertisement

Advertisement 1

ރަޝިޔާގެ ހުޅަނގުގެ އޮރިއޯލް ސިޓީގެ ގަވަރުނަރު އެންޑްރީ ކްލިޗްކޯވް ވިދާޅުވީ ޑްރޯން ވެއްޓުމުން ސްޓަލްނޮއިކޯން އަވަށުގެ ފިއުލް ޑިޕޯއެއްގައި އަލިފާން ރޯވެފައިވާ ކަމަށެވެ.

ތެޔޮ ރައްކާކުރާ ތަނުގައި ހިނގި އަލިފާންގަނޑު ނަސީބަކުން އަވަހަށް ކޮންޓްރޯލް ކުރެވި އަލިފާންގަނޑު މުޅިން ނިއްވާލާފައިވާއިރު، އެސަރަހައްދަށް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި.

ތެޔޮ ރައްކާކުރާ ތަނުގައި ހިނގި އަލިފާންގަނޑު ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވުނު ކަމަށް ރަޝިއާއިން ބުނޭ. / ފޮޓޯ: އޭއެފްޕީ

އޮރިއޯލްގެ ގަވަރުނަރު އެންޑްރީ ކްލިޗްކޯވް އިތުރަށް ވިދާޅުވީ 'މިއީ އޮރިއޯލްގައި ތެޔޮ ރައްކާކުރާ ތަންތަނަށް ހަމަލާދިން ދެވަނަ ހަފްތާ' ކަމަށެވެ.

ރޮސްޓޮވް އަދި ބްރައިއަންސްކް ސަރަހައްދުގެ ވެރިން ވެސް ވަނީ އެންމެ ފަހުން ޑްރޯން ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އާންމުކޮށްފައިވާ ރިޕޯޓްތަކުގައި ސާފުކޮށްދީފަ އެވެ.

ރަޝިއާ - ޔުކްރޭން
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ 29 މީހުން ޒަހަމްވެއްޖެ

ރަޝިޔާއަށް ދިން ޑްރޯން ހަމަލާއެއްގައި 4 މީހުން މަރުވެ ގިނަބަޔަކު ޒަހަމްވެއްޖެ

7 ގަޑިއިރު ކުރިން - 13:34

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

މިހަފްތާގައި ޔުކްރޭނުގެ 12،000 އެއްހާ ސިފައިން ނައްތާލެވިފައިވާ ކަމަށް ރަޝިޔާއިން ބުނެފި

4 ދުވަސް ކުރިން - 22:32

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް، ފިނިމޫސުމުގައި ޖެހޭނީ ސަލާންޖަހަން

ޔޫރަޕްގެ ގޭސް ޓޭންކުތަކުގައި އެންމެ %64 ގޭސް

9 ދުވަސް ކުރިން - 16:37

ރަޝިޔާއިން ޔުކްރޭނުގެ މޭޔަރު ހިމެނޭހެން 40 އަށްވުރެ ގިނަ މީހުން މަރާލައިފި

ރަޝިޔާއިން ޔުކްރޭނުގެ މޭޔަރު ހިމެނޭހެން 40 އަށްވުރެ ގިނަ މީހުން މަރާލައިފި

11 ދުވަސް ކުރިން - 20:36

16 މީހުންގެ ފުރާނަ ދިޔަ "ޑަބަލް-ޓެޕް" ހަމަލާއަށްފަހު ރަޝިޔާއަށް ރައްދު ދޭނެކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

ރަޝިޔާއަށް ރައްދު ދޭނެކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

17 ދުވަސް ކުރިން - 15:17

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއް ދީފި

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ހަމަލާދީފި

66 ދުވަސް ކުރިން - 23:10