ބްރެޒިލްގެ ފަތުރުވެރިންގެ މެދުގައި މަޤްބޫލު ރަށެއް ކަމަށްވާ ގްރެމާޑޯގައި ކުޑަ މަތިންދާބޯޓެއް ވެއްޓި 10 މީހަކު މަރުވެއްޖެއެވެ.
އިއްޔެގެ މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބޯޓު ދުއްވަން ހުރި ޕައިލެޓް އަދި ބްރެޒިލްގެ ވިޔަފާރިވެރިޔެއް ކަމަށްވާ ލުއިޒް ކްލޯޑިއޯ ގަލެއަޒީ އާއި އޭނާގެ އަނބިކަނބަލުންނާއި، ތިން އަންހެން ދަރިންނާއި އާއިލާގެ އެހެން މެންބަރުން ވެސް ހިމެނެއެވެ.
ރިއޯ ގްރާންޑޭ ޑޯ ސުލް ސްޓޭޓްގެ ގަވަރނަރު އެޑުއާޑޯ ލޭޓޭ ވިދާޅުވި ގޮތުގައި މި ހާދިސާގައި ޖުމްލަ 17 މީހަކު ޒަޚަމްވެފައިވެއެވެ. އޭގެ ތެރެއިން 12 މީހަކަށް އަދިވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންދެއެވެ.
ބްރެޒިލްގެ ސިވިލް ޑިފެންސް އެޖެންސީން ބުނާ ގޮތުގައި ޓްވިން އިންޖީނުގެ ޕައިޕާ ޕީއޭ-42-1000 މި ބޯޓު ވެއްޓިފައިވަނީ ގްރެމާޑޯގެ ގިނަ ބަޔަކު ދިރިއުޅޭ ސަރަހައްދަކަށެވެ. ބޯޓު ވެއްޓުނީ ގެއެއްގެ ދުންހޮޅިއާއި އަނެއް ގެއެއްގެ ދެވަނަ ފަންގިފިލާގައި ޖެހިގެންނެވެ.
ގްރެމާޑޯ އަކީ ފަތުރުވެރިންގެ މަޤްބޫލު މަންޒިލެއްގެ އިތުރުން އެކި ކަހަލަ ހަފްލާތައް ވެސް ބާއްވާ މަޝްހޫރު ސަރަހައްދެކެވެ.









