މާލެ، ގަލޮޅު އަވަށުގެ އިތުރު ގެއަކުން މަރުވެފައި އޮތް މީހަކު ރޭ ދަންވަރު ފެނިއްޖެއެވެ.
ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއަކުން ޚަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓް ރޭ މެންދަމު 1:27 ހާއިރު ލިބިފައިވާ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނީ ގ. ބިއުޓީ ވިލާ، ދާއޫދު ޖިމްރީޒް، 45 ކަަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.
ފުލުހުން މި މައްސަލަ ތަޙުޤީޤުކުރަމުން އަންނައިރު، އިއްޔެ ހަވީރު ވެސް ވަނީ ގަލޮޅު ގެއަކުން މަރުވެފައި އޮތް މީހަކު ފެނިފައެވެ. ނަމަވެސް، އެ މީހާއާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން އަދި ނުދެއެވެ.









