ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވުމާއި ގުޅިގެން، އެމްޓީސީސީން ދެމުން އަންނަ ފެރީގެ ޚިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށް އެކުންފުނިން މިއަދު ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ދީފައިވާ މަޢުލޫމާތަށް ބިނާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދެއްގައި މޫސުން ގޯސްވެ، ކަނޑާއި ވައި ގަދަވުމުގެ ފުރުސަތު އޮތްކަމަށް ލަފާކުރެވޭކަމަށެވެ. މިކަމާއި ގުޅިގެން، އެކުންފުނިން ފޯރުކޮށްދެމުން އަންނަ ފެރީގެ ޚިދުމަތްތަކަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްޓީސީސީން ހާމަކުރިއެވެ.
އެމްޓީސީސީން ވަނީ ފެރީގެ ޚިދުމަތްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ޢާންމުންނަށް އެކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އިރުޝާދު ދީފައެވެ.








