އުރީދޫ މޯލްޑިވްސްއިން އިއްޔެ ހުޅުމާލޭގައި ބޭއްވި ފަން ރަން ދުވުމުގައި 6،500 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފޮޓޯ: އުރީދޫ މޯލްޑިވްސް
މި ދުވުން ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ. އުރީދޫން ބުނިގޮތުގައި މި ހަރަކާތުގައި ހުޅުމާލެ އަކީ ކުލައާއި ފޯމާއި އުފާވެރިކަމުގެ ކާނިވަލަކަށް ބަދަލުވެގެން ދިޔައެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވިދާޅުވީ މުޖުތަމައުގެ ފަރާތުން މިހާ ބޮޑު ބައިވެރިވުމަކާއި ހިތްވަރެއް ފެނުމުން ވަރަށް އުފާވާ ކަމަށެވެ.
"ފަން ރަން އަކީ ހަމައެކަނި ދުވުމަކަށް ވުރެ މާ ބޮޑު ދުވުމެއް. މިއީ އުފާވެރިކަމާއި އެކުވެރިކަމާއި ހަރަކާތްތެރި ދިރިއުޅުމުގެ އުފަލެއް،" ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އުރީދޫން އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް އަހަރުގެ ފަން ރަން ފުވައްމުލަކުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.