ޖަރުމަނުގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި 11 މީހުން މަރާލައި 80 މީހުން ޒަޚަމް ކޮށްފި

ހުސައިން އިސްމާއިލް | 198 ދުވަސް ކުރިން - 21 ޑިސެންބަރު 2024 07:53
ޚުލާސާ

މި ޙަމަލާގެ ފަހަތުގައި ތިބީ އައިއެސް ހަނގުރާމަވެރިން ކަމަށް ނުރަސްމީ މަސްދަރުތަކުން ބުނޭ.

ރޭގެ ވަގުތެއްގައި ޖަރުމަނުގެ މޭގްދެބާރގް ސިޓީގައި ގިނަ އަދަދެއްގެ ނަޞާރާއިން އެއްވެތިބި ކްރިސްމަސް މާރކެޓަކަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ވަދެ އެމީހުންގެ ގައިގައި ޖައްސައި 11 މީހަކު މަރާލައި 80 މީހުން ޒަޚަމު ކޮށްލައިފިއެވެ.

މި ޙަމަލާ ދީފަވަނީ 2016 ވަނަ އަހަރުން ފެށިގެން ޖަރުމަނުގައި ޑޮކްޓަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ސަޢުދީ ޢަރަބިއްޔާ ނިސްބަތްވާ 50 އަހަރުގެ މީހެކެވެ.

ބައެއް ނުރަސްމީ މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުން ޙަމަލާ ގެ ފަހަތުގައި އޮތީ އިސްލާމިކް ސްޓޭޓް (އައިއެސް) އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%