Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެޗްޑީސީ ކޮރަޕްޝަނާއި ހައުސިންގ މިނިސްޓްރީގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅުމެއް ހުރިކަން ފާހަގައެއް ނުވޭ: ފުލުހުން

އެޗްޑީސީ ކޮރަޕްޝަނާއި ހައުސިންގ މިނިސްޓްރީގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅުމެއް ހުރިކަން ފާހަގައެއް ނުވޭ: ފުލުހުން

އަައިޝަތު ޒީނާ
629 ދުވަސް ކުރިން - 19 ޑިސެންބަރު 2024 22:28
އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.
އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.
ޚުލާސާ

ފުލުހުން ބުނީ އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ ތަޙުޤީޤަށް މިހާތަނަށް 24 ގަޑިއިރު ވެފައިވާއިރު، އެ މައްސަލައާއި ހައުސިންގ މިނިސްޓްރީގައި ހިނގި އަލިފާނުގެ ޙާދިސާއާ އެއްވެސް ގުޅުމެއްވާކަން ތަޙުޤީޤަށް ފާހަގަކުރެވިފައި ނުވާ ކަމަށް.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޮރަޕްޝަނާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ޙާދިސާއާ އެއްވެސް ގުޅުމެއް ވާކަން ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ހައުސިންގ މިނިސްޓްރީގައި ހިނގި އަލިފާނުގެ ޙާދިސާއަކީ ބަޔަކު ގަސްތުގައި ހިންގި ޙާދިސާއެއް ކަމަށް ސޯޝަލް މީޑިއާގައި ތުހުމަތުކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހައުސިންގ މިނިސްޓްރީގައި ގަސްތުގައި ރޯކޮށްލާފައިވާ ކަމަށް ތުހުމަތުކޮށް، އެކަން އެގޮތަށް ކޮށްފައިވަނީ އެޗްޑީސީގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ހެކިތަކެއް ނައްތާލުމަށްޓަކައި ކަމަށް ތުހުމަތުތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ ތަޙުޤީޤަށް މިހާތަނަށް 24 ގަޑިއިރު ވެފައިވާއިރު، އެ މައްސަލައާއި ހައުސިންގ މިނިސްޓްރީގައި ހިނގި އަލިފާނުގެ ޙާދިސާއާ އެއްވެސް ގުޅުމެއްވާކަން ތަޙުޤީޤަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި މި ދެ މައްސަލަވެސް ތަޙުޤީޤުކުރަމުން އަންނަނީ ވަރަށް ސީރިއަސް ދެ މައްސަލައިގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement 1

ފުލުހުން ބުނީ އެޗްޑީސީގެ ކޮރަޕްޝަނުގެ މައްސަލަ ފެންމަތިވުމާ ގުޅިގެން އެންމެ ފުރަތަމަ ވެސް ކުރި މަސައްކަތަކީ ކަމާ ގުޅޭ މުއައްސަސާތަކާ ބައްދަލުކޮށް، ލިޔެކިޔުންތަކުގެ ޞައްޙަކަން ކަށަވަރުކުރުން ފެށުން ކަމަށެވެ. އެގޮތުން އެޗްޑީސީއަށް ވެސް ގޮސް ބެލި ބެލުމުން، ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ލިޔުމަކީ އެޗްޑީސީގެ ތެރޭގައި ވެސް އޮތް ލިޔުމެއް ކަން ކަށަވަރު ވެގެން ދިޔަކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެޗްޑީސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އެ ކޯޕަރޭޝަނުން ބޭނުންވާ ލިޔެކިޔުންތައް އިއްޔެވެސް ހޯދާފައިވާ ކަމަށާއި، ބަލަމުން އަންނަނީ ފޯޖަރީއާ ގުޅޭ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ އެހެން ލިޔެކިޔުންތައް ވެސް އެޗްޑީސީއާއި އެހެނިހެން އިދާރާތަކުން ވެސް ހޯދާނެ ކަމަށް ފުލުހުން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއެޗްޑީސީހައުސިންގ މިނިސްޓްރީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

1 ދުވަސް ކުރިން - 16:22

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކޮށްދިނުމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފަށައިފި

1 ދުވަސް ކުރިން - 13:27

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 10:48

ހުޅުމާލެ ފޭސް 2 ގެ ބީޗްގައި މޫދަށް އެރޭނެ ރައްކާތެރި ސަރަހައްދަކާއި މަސްބާނާ ޕްލެޓްފޯމެއް ގާއިމުކުރުމަށް އާންމުންގެ ހިޔާލަށް ހުޅުވާލައިފި

ފޭސް-2ގައި މޫދަށް އެރޭނެ ސަރަހައްދަކާއި މަސްބާނާ ސަރަހައްދެއް ގާއިމްކުރަނީ

2 ދުވަސް ކުރިން - 08:48