އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމެލީ ކޯޓުން ކައިވެނިކޮށް ދޭނެ

އަހްމަދު އީޒާން | 212 ދުވަސް ކުރިން - 19 ޑިސެންބަރު 2024 11:53
ފެމިލީ ކޯޓު / ފޮޓޯ: ޚުލާސާ
ފެމިލީ ކޯޓު / ފޮޓޯ: ޚުލާސާ
ޚުލާސާ

ފެމިލީ ކޯޓުން ވަނީ އެގޮތަށް ނިންމާފައިވާކަން އިއުލާންކޮށް، ރަސްމީ ދުވަސްތަކާއި ހަފުތާ ބަންދު ދެ ދުވަހު ކައިވެނިކޮށް ދޭނެ ގަޑިތައް ވެސް އާންމުކޮށްފައި.

ފެމިލީ ކޯޓުން އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށްދޭ ގޮތަށް ހަމަޖައްސައިފި އެވެ.

ފެމިލީ ކޯޓުން ވަނީ އެގޮތަށް ނިންމާފައިވާކަން އިއުލާންކޮށް، ރަސްމީ ދުވަސްތަކާއި ހަފުތާ ބަންދު ދެ ދުވަހު ކައިވެނި ކޮށްދޭނެ ގަޑިތައް ވެސް އާންމުކޮށްފަ އެވެ.

ރަސްމީ ދުވަސްތަކުގައި ކައިވެނިކޮށްދޭނީ ހެނދުނު 09:00 އިން 11:30 އަށް، މެންދުރު ފަހު 01:00 އިން 01:30 އަށް އަދި މެންދުރު ފަހު 03:00 އިން ރޭގަނޑު 09:30 އަށެވެ.

ހަފުތާ ބަންދު ދެދުވަހުގެ ތެރެއިން ހުކުރު ދުވަހު ކައިވެނިކޮށްދޭނީ މެންދުރު ފަހު 03:00 އިން ރޭގަނޑު 09:30 އަށެވެ. އަދި ހޮނިހިރު ދުވަހު ކައިވެނިކޮށްދޭނީ ހެނދުނު 10:00 އިން ރޭގަނޑު 09:30 އަށެވެ.

ހަފުތާގެ ހުރިހާ ދުވަހެއްގައި ވެސް ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ މެންދުރު ފަހު 03:00 އިން ރޭގަނޑު 09:30 އަށް ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%