Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެޗްޑީސީގެ އިސް ވެރިންތަކެއް ސަސްޕެންޑް ކޮށްފި

އެޗްޑީސީގެ އިސް ވެރިންތަކެއް ސަސްޕެންޑް ކޮށްފި

ހުސައިން އިސްމާއިލް
539 ދުވަސް ކުރިން - 19 ޑިސެންބަރު 2024 09:14
އެޗްޑީސީގެ އިސް ވެރިންތަކެއް ސަސްޕެންޑް ކޮށްފި
ޚުލާސާ

ބިންވެރިޔާ ސްކީމުން ބޭރުން ގޯތިތަކެއް ދިމް ކަމަށް ޚަބަތުތައް ފެތުރިފައިވަނިކޮށް ވަނިކޮށް އެޗްޑީސީގެ ޗެއާމަން ފިޔަވައި އިސް ވެރިންތަކެއް ސަސްޕެންޑް ކޮށްފި. ރޭ ފަޒުލް ވިދާޅުވީ ޤާނޫނުން ބޭރުން އެޗްޑީސީން ޢަމަލު ނުކުރާ ކަމަށް.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެފައި ވަނިކޮށް، ފުލުހުން މިހާރު ކުރަމުންދާ ގޯތިދިން މައްސަލަތަކުގެ ތަޙުޤީގާއި ގުޅިގެން އެ ކުންފުނީގެ ޗެއާމަން ފިޔަވައި، މެނޭޖިންގ ޑިރެކްޓަރ ހިމެނޭހެން އެޗްޑީސީގެ ބޯޑު އެއްކޮށް ސަސްޕެންޑް ކޮށްފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވިދާޅުވީ ބިންވެރިޔާގެ އެގްރީމެންޓުތައް ހަދަނީ އަދި ބިން ޙަވާލު ކުރަނީވެސް އެޗްޑީސީއަކުން ނޫނެވެ.

"ބިންވެރިޔާ ސްކީމުގެ ރަޖިސްޓަރީ އިޝޫކުރަނީ އެޗްޑީސީގެ ފަރާތަކުން ނޫން، އިޝޫ ކޮށްފައި އޮތީކީ ވެސް އަޅުގަނޑުމެންނެއް ނޫން. ކުރީ ސަރުކާރުގައި އިޝޫ ކޮށްފައި ހުރި ބިންވެރިޔާ ޕްލޮޓްތަކެއްގެ ރަޖިސްޓަރީ އެބަހުރި. އެގްރިމަންޓް ހަދަނީ އެޗްޑީސީގެ ފަރާތަކުން ނޫން. ބިން ހަވާލުކުރަނީ އެޗްޑީސީގެ ފަރާތަކުން ނޫން."

Advertisement

Advertisement 1

އޭނާ އިތުރަށް ވިދާޅުވީ އެޗްޑީސީގެ ދައުރަކީ ހަމައެކަނި ވަށާފާރު ރޭނުމުގެ ހުއްދަ ދޫކުރުން ކަމަށެވެ. އަދި މައްސަލަ ފާހަގަވި ބައެއް ގޯތިތަކަށް އެ ހުއްދަ ބާތިލުކޮށްފައިވާ ކަމަށްވެސް ރޭ ފަޒުލް ވިދާޅުވިއެވެ.

ފަޒުލް ވިދާޅުވީ މައްސަލަ ފާހަގަވެގެން ހައުސިން މިނިސްޓްރީއަށް އަންގާފައިވަނީ އެޗްޑީސީން ކަމަށާއި، ގޯތީގެ ހައްގުވެރިޔާ ނިންމާނީ މިނިސްޓްރީން ކަމަށެވެ.

ފުލުހުން ޖިނާއީ ތަހުގީގެއް ފަށާފައިވާއިރު، ރޭ ފަޒުލް ވިދާޅުވީ ފުލުހުންގެ ތަހުގީގަށް އެޗްޑީސީން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު އެއްވެސް މީހަކަށް ގެއްލުމެއް ލިބޭނެ ފަދަ އެއްވެސް ކަމެއް އެ ކުންފުނިން ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެޗްޑީސީ
Ad
Ad

ގުޅޭ ޚަބަރުތައް

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި

3 ގަޑިއިރު ކުރިން - 16:51

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

ވިނަރެސް ޓަވަރުތަކުގެ ސްޓްރާޓާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައިފި

7 ދުވަސް ކުރިން - 17:15

4000 ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް އެއްކޮށް ނިންމާނެ: އެޗްޑީސީ

4000ފްލެޓް ހިމެނޭ ސަރަހައްދުގެ މަގުތައް މިއަހަރަށް ނިންމާނެ

15 ދުވަސް ކުރިން - 17:49

ހުޅުމާލޭ ފޭސް 1ގައި ގާއިމްކުރި 'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވައިފި

'N1 ސްޕޯޓްސް ޕާކު' ރަސްމީކޮށް ހުޅުވައިފި

23 ދުވަސް ކުރިން - 17:10

އޭޝިއާ މީޑިއާ ސަމިޓް 2026 ގެ ބައިވެރިންނާއެކު މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

ފުޅާދާއިރާއެއްގައި މުރަކަ އިންދުމުގެ ހަރަކާތެއް ބާއްވައިފި

26 ދުވަސް ކުރިން - 16:15

ހުޅުމާލެ ޗެނަލަށް ޖަމާވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އެޗްޑީސީން ދާ ޖަހަން ފަށައިފި

ޗެނަލަށް ޖަމާވާ ކުނީގެ މައްސަލަ ހައްލުކުރަން ފަށައިފި

34 ދުވަސް ކުރިން - 20:20

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%