ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދިނުމުގައި ބަލަންޖެހޭ ވަރަށް ނުބަލައި ހުރިކަމަށް ތުހުމަތު ކުރެވޭތީ، ފުލުހުން އެކަން ބަލަން ފަށައިފިއެވެ.
މި މައްސަލަ ފުލުހުން ބަލަން ފެށީ، އޭގެ ތެރެއިން ދެ ބިމެއްގެ އިންފާރު ރޭނުމުގެ ހުއްދައަށް ހައުސިންގ މިނިސްޓްރީގައި އެދުމުން އިދާރީ ގޮތުން ބެލި ބެލުމުގައި ކަންތަކެއް ފާހަގަ ކުރެވިގެންނެވެ.
މި ބިންތަކުގައި ފާރު ރޭނުމުގެ ހުއްދައަށް އެދުނީ މިދިޔަ ޖުލައި މަހުއެވެ. އެހެންނަމަވެސް ހައުސިންގ މިނިސްޓްރީގެ ސިޓީން އެނގޭ ގޮތުގައި އެ ގޯތިތަކުގެ ވެރިފަރާތުގެ އެޑްރެސް ބިންވެރިޔާ ސްކީމްގެ ލިސްޓުގައިވާ މަޢުލޫމާތާއި މެޗެއް ނުވެއެވެ.








