އެމްއެންއެސްޑީއޭގެ ޚިދުމަތްތަކާއިމެދު ޙިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

އަައިޝަތު ޒީނާ | 215 ދުވަސް ކުރިން - 18 ޑިސެންބަރު 2024 14:38
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން އެމްއެންއެސްޑީއޭގައި. / ފޮޓޯ: އެމްއެންއެސްޑީއޭ
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން އެމްއެންއެސްޑީއޭގައި. / ފޮޓޯ: އެމްއެންއެސްޑީއޭ
ޚުލާސާ

މިފަދަ ފުރުޞަތެއް އާންމުންނަށް ހުޅުވާލުމުގެ މައިގަނޑު މަޤްސަދަކީ އެމްއެންއެސްޑީއޭ އިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނި.

މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ޚިދުމަތްތަކާއިމެދު ޙިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެމްއެންއެސްޑީއޭގެ ފަރާތުން ފޯރުކޮށްދޭ ޙިދުމަތްތަކާއި ގުޅޭގޮތުން ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި މިފަދަ ފުރުޞަތެއް އާންމުންނަށް ހުޅުވާލުމުގެ މައިގަނޑު މަޤްސަދަކީ އެމްއެންއެސްޑީއޭ އިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން މަސައްކަތްކުރަމުން އަންނަ އެމްއެންއެސްޑީއޭ އަކީ ދިވެހިރާއްޖޭގެ މަސައްކަތްތެރި ދާއިރާތަކަށް ބޭނުންވާ ޤާބިލް ޒުވާނުން ބިނާކުރުމަށް ސަރުކާރުން ޤާޢިމުކޮށްފައިވާ އިދާރާއެކެވެ. އެ އިދާރާއިން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކާއި ގުޅޭގޮތުން އޮންލައިންކޮށް ޝަކުވާ ނުވަތަ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ އާންމުންނަށް ހުޅުވާލެވިފައެވެ.

ޙިޔާލު ހުށަހެޅުމަށް އެމްއެންއެސްޑީގެ ސޯޝަލް މީޑިޔާގައިވާ ނުވަތަ މި ޚަބަރުގައި އެކުލަވައިލެވިފައިވާ ކިއު އާރް ކޯޑް ސްކޭން ކޮށްގެން ހުށަހެޅޭނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%