މާރާމާރީއަކާ ގުޅިގެން 18 އަހަރުގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ހ. ފޯ ސީޒަން، އަހުމަދު އާހިލް މުނާޒް، 18، އާއި ގދ. ތިނަދޫ، ގުލްބަކާގެ އަބްދުالله އިސްރާގް، 18، އެވެ.
އެ ދެމީހުން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރިއިރު އަމުރުގައި ބުނެފައި ވަނީ، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށެވެ. ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު ހަތިޔާރު ގެންގުޅުން މަނާކޮށްފައި ވަނީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ވާއިރު، ދައުވާ އުފުލޭ މިންވަރަަށް އެމީހުންގެ މައްޗަށް ހެކި ހުށަހަޅާފައި ވެއެވެ.
އެ މީހުން ހިންގި މާރާމާރީއާ ގުޅޭ ގޮތުން އަމުރުގައި ބުނެފައިވަނީ ސީސީޓީވީ ފުޓޭޖް ހުށަހަޅާފައިވާ ކަމަށާއި އެތަނުން އެކަކު ލަކުޑި ފަތިބުރިއެއް އެއްލާލާ މަންޒަރު ފުޓޭޖުން ފެންނަ ކަމަށެވެ.
އިސްރާގްގެ ދިފާއީ ވަކީލު އެދިފައިވަނީ ތުހުމަތުކުރެވޭ ފަރާތް ދިރިއުޅޭ ތަނުގެ ސީސީޓީވީ ފުޓޭޖް ބަލައިދިނުމަށެވެ.
އައިއޯ އިން ބުނީ އެއީ ކުރިން ބެލި މައްސަލައެއްގެ ހާލަތާ ހިލާފު ކަމެއް ކަމަށާއި އެއީ ގްރޫޕް ހަދައިގެން ހިންގާފައިވާ ނުރައްކާތެރި އަމަލެއްކަން ފާހަގަކުރެވޭ ކަމަށެވެ. އައިއޯ ބުނެފައިވަނީ މީގެ ކުރީގެ މައްސަލައެއްގެ ބަންދުން ދޫކޮށްލި ޝަރުތާއި އެމީހުން ޚިލާފު ވެވައިވަ ކަމަށެވެ.
އައިއޯއާ ހަވާލާދީ އަމުރުގައި ބުނެފައިވަނީ އަނިޔާ ލިބުނު ފަރާތްތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރުދައްކާ އަނިޔާކޮށްފައިވާ ކަމަށެވެ.









