ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރައްކާތެރިކުރުމަށް ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް 79 މިލިއަން ރުފިޔާގެ އަގުހުރި އާލާތްތަކެއް މިއަދު ހަދިޔާ ކޮށްފިއެވެ.
ފޮޓޯ: އެމްއެންޑީއެފް
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު މޮނިޓަރ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ޖަޕާނު ސަރުކާރުން ދިން ތަކެތީގެ ސަބަބުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤާބިލުކަން އެތައް ގުނައަކަށް އިތުރުވެގެން ދާނެއެވެ..
ޖަޕާނުގެ ސަފީރު ޓަކޭޗީ މިޑޯރީ އަތްޕުޅުން މި ޒަމާނީ އާލާތްތައް ޙަވާލުކުރެއްވީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއެވެ.
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޚިދުމަތްތައް ދެގުނައަށްވުރެ ބޮޑަށް ފުޅާވެގެންދާނެއެވެ.