Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މާލޭ މީހުންގެ ގިނަ ލިޔެކިޔުންތައް އަލިފާނުގައި ގެއްލިއްޖެ: މޭޔަރު

މާލޭ މީހުންގެ ގިނަ ލިޔެކިޔުންތައް އަލިފާނުގައި ގެއްލިއްޖެ: މޭޔަރު

ހުސައިން އިސްމާއިލް
541 ދުވަސް ކުރިން - 16 ޑިސެންބަރު 2024 22:00
ފޮޓޯ: މާލެ ސިޓީ ކައުންސިލް
ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޚުލާސާ

އަލިފާނުގެ ސަބަބުން މާލޭ މީހުންގެ އުފަންދުވަހުގެ ސެޓްފިކެޓްތަކާއި ގޯތިތަކުގެ ރަޖިސްޓްރީ ފަދަ މުހިންމު ލިޔެކިޔުންތައް އަނދާފައިވާތީ އެތަކެތި ލިބެން ހުރި ތަންތަނުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން.

މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރަޖިސްޓްރޭޝަން އޮފީހުގައި ހުރި ގިނަ އަދަދެއްގެ ލިޔެކިޔުންތައް މިދިޔަ ބުރާސްފަތި ދުވަހު ރޯވި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ ކަމަށް މާލޭ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ފޮޓޯ: މާލެ ސިޓީ ކައުންސިލް

Advertisement

Advertisement 1

ހައުސިންގ މިނިސްޓްރީ، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީ ހިންގަމުން އައި އިމާރާތްތަކުގައި ރޯވި އަލިފާނުގެ ސަބަބުން، މާލޭގެ ރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓް ފަދަ މުހިންމު ލިޔުންތައް ބަލަހައްޓަމުން އައި ވައިޓަލް ރަޖިސްޓްރޭޝަން އޮފީހަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މޭޔަރު އާޒިމް ވިދާޅުވި ގޮތުގައި، މި ވަގުތު ގެއްލުން ލިބުނު ތަކެތީގެ އެސެސްމަންޓެއް ހަދަމުން އަންނަ ކަމަށާއި، ލިބުނު ގެއްލުމުގެ ފުރިހަމަ މިންވަރު އެނގޭނީ މި އެސެސްމަންޓް ނިމުމުންނެވެ.

އާޒިމް ވިދާޅުވީ، ސަލާމަތް ކުރެވެން ހުރި އެއްޗެހި ސަލާމަތްކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި ޑޮކިއުމެންޓްތައް ލިބެން ހުރި ތަނެއް ބަލައި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ވައިޓަލް ރަޖިސްޓްރޭޝަން އޮފީހުން ދެމުން އައި ހިދުމަތްތައް މިހާރު ވަނީ ހުޅުމާލޭ އަމީން އެވެނިއުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ސިޓީ ކައުންސިލްގެ އޮފީހަށް ބަދަލުކޮށްފައެވެ. އަދި އަލުން މާލޭގައި މި ހިދުމަތް ފެށުމަށްޓަކައި، ރޯވި އިމާރާތުގައި ހުރި ލިޔެކިޔުންތައް ގަލޮޅު މަދަރުސާގައި ހުރި ހޯލަކަށް ބަދަލުކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ރޯވި އިމާރާތުގައި ހުރި ލިޔެކިޔުންތައް ގަލޮޅު މަދަރުސާގައި ހުރި ހޯލަކަށް ބަދަލުކޮށްފައި. / ފޮޓޯ: މާލެ ސިޓީ ކައުންސިލް

މީގެ އިތުރުން، މާދަމާ ސަރުކާރުން އިތުރު ސްކޫލެއްގެ ހޯލެއް މި މަސައްކަތަށް ހަމަޖައްސައިދޭނެ ކަމަށް އަންގާފައިވާ ކަމަށާއި، މިކަމުން މަސައްކަތުގެ ސްޕީޑު އިތުރަށް އަވަސްވެގެންދާނެ ކަމަށް ވެސް މޭޔަރު އާޒިމް ފާހަގަކުރެއްވިއެވެ.

ސިޓީ ކައުންސިލްގެ ވައިޓަލް ރަޖިސްޓްރޭޝަން އޮފީހަކީ އުފަންދުވަހުގެ ސެޓްފިކެޓާއި މަރުވާ މީހުންގެ ރެކޯޑުތަކުގެ އިތުރުން ރަށްވެހިކަމާއި ގޯތިތަކުގެ ރަޖިސްޓްރޭޝަން ވެސް ބަލަހައްޓަމުން އަންނަ ތަނެކެވެ. 

މާލެ ސިޓީ ކައުންސިލްއަލިފާންއާދަމް އާޒިމް (މާލޭ މޭޔަރު)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން  ހައި ޓެކް ޑްރޯނެއް ދައްކާލައިފި

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން ޑްރޯނެއް ދައްކާލައިފި

6 ދުވަސް ކުރިން - 23:06

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

އިންޑިއާގެ ނިއުދިއްލީގެ ހޮޓަލެއްގައި އަލިފާން ރޯވެ 21 މީހުން މަރުވެއްޖެ

7 ދުވަސް ކުރިން - 18:30

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

9 ދުވަސް ކުރިން - 09:50

މއ. ނަމީބިއާ ގޭގައި ހަރަކާތްތެރިވީ ތެއްޔެއް ދުން އަރައިގެން: އެމްއެންޑީއެފް

މއ. ނަމީބިއާ ގޭގައި ހަރަކާތްތެރިވީ ތެއްޔެއް ދުން އަރައިގެން: އެމްއެންޑީއެފް

13 ދުވަސް ކުރިން - 14:13

ޗާންދަނީ މަގުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ޗާންދަނީ މަގުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި؛ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

13 ދުވަސް ކުރިން - 13:46

ކެންޔާގެ ބޯޑިން ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 ދަރިވަރުން މަރުވެއްޖެ

ކެންޔާގެ ބޯޑިން ސްކޫލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 ދަރިވަރުން މަރުވެއްޖެ

13 ދުވަސް ކުރިން - 15:43