Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

1 ޖުލައި އިން ފެށިގެން ޓޫރިޒަމް ޖީއެސްޓީ 17 ޕަސަންޓު ނެގުމަށް ތައްޔާރުވުމަށް އިލްތިމާސް ކޮށްފި

1 ޖުލައި އިން ފެށިގެން ޓޫރިޒަމް ޖީއެސްޓީ 17 ޕަސަންޓު ނެގުމަށް ތައްޔާރުވުމަށް އިލްތިމާސް ކޮށްފި

އާނާ ފަހީމް
623 ދުވަސް ކުރިން - 16 ޑިސެންބަރު 2024 19:07
މީރާ ބިލްޑިންގ/ ފޮޓޯ: ޚުލާސާ
މީރާ ބިލްޑިންގ/ ފޮޓޯ: ޚުލާސާ
ޚުލާސާ

1 ޖުލައި 2025 އިން ފެށިގެން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް 16 އިންސައްތައިން 17 އިންސައްތައަށް އިތުރުވާނެކަން އަންގައި، މި ބަދަލަށް ތައްޔާރުވުމަށް މީރާއިން އިލްތިމާސްކޮށްފި.

ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓަށް އަންނަ ބަދަލަށް ތައްޔާރުވުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފިއެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު 7 ވަނަ އިޞްލާޙުގެ ދަށުން، 2025 ޖުލައި 1 އިން ފެށިގެން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓް 16 އިންސައްތައިން 17 އިންސައްތައަށް އިތުރުވާނެއެވެ.

މީރާއިން ބުނެފައިވާ ގޮތުގައި، މި ބަދަލާއި ގުޅިގެން ވިޔަފާރިތަކުން އެތަނެއްގެ ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އަގުތައް ބަދަލުކުރުމަށް ދުރާލާ ތައްޔާރުވުން މުހިންމެވެ. އަދި މި ތާރީޚުގެ ފަހުން ޖީއެސްޓީ ލާޒިމުވާ ވަގުތު އަންނަ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ މުޢާމަލާތްތަކުން ޖީއެސްޓީ ނަގަންވާނީ އައު ރޭޓު ކަމުގައިވާ 17 އިންސައްތައިގެ ރޭޓުންނެވެ.

Advertisement

Advertisement 1

މީރާއިން އިތުރަށް ސާފުކޮށްދިން ގޮތުގައި، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާނަމަ، 2025 ޖުލައި 1 ގެ 00:00 ގެ ކުރިން ފޯރުވައިދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނަގަންވާނީ 16 އިންސައްތައިގެ ރޭޓުންނެވެ. އަދި 2025 ޖުލައި 1 ގެ 00:00 ގައި ނުވަތަ އޭގެ ފަހުން ފޯރުވައިދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޖީއެސްޓީ ނަގަންވާނީ 17 އިންސައްތައިގެ ރޭޓުންނެވެ.

މި ބަދަލަކީ ޓޫރިޒަމް ދާއިރާއަށް އަންނަ މުހިންމު ބަދަލެއް ކަމަށާއި، މި ބަދަލާ ގުޅިގެން ވިޔަފާރިތަކުން ކުރަންޖެހޭ ތައްޔާރީތައް ވަގުތުން ފެށުމަކީ މުހިންމު ކަމެއް ކަމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ބަދަލާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މީރާގެ ވެބްސައިޓުން ނުވަތަ ސީދާ މީރާއަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް މީރާއިން ބުނެފައިވެއެވެ.

މީރާޓީޖީއެސްޓީ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

މިއީ އާ ޓެކްސެއް ނޫން: ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

14 ދުވަސް ކުރިން - 19:40

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ އައްޔަންކުރައްވައިފި

43 ދުވަސް ކުރިން - 12:41

ޓެކްސްގެ އާމްދަނީ އިތުރުވުމާއެކު ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

ޓެކްސްގެ އާމްދަނީ އިތުރުވެ، އާމްދަނީ 22.4 ބިލިއަން ރުފިޔާއަށް އަރައިފި

46 ދުވަސް ކުރިން - 10:22

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

ރައީސްގެ ސިޔާސަތާއި އެކު ގްރީން ޓެކުހުގެ ފައިދާ ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

49 ދުވަސް ކުރިން - 10:15

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު މީރާއަށް އާމްދަނީގެ ގޮތުގައި 19.3 ބިލިއަން ރުފިޔާ ލިބިއްޖެ

ފުރަތަމަ ހަ މަސްދުވަހު މީރާއަށް އާމްދަނީގެ ގޮތުގައި 19.3 ބިލިއަން ރުފިޔާ

52 ދުވަސް ކުރިން - 15:23

ޖޫން މަހު މީރާއަށް 2.92 ބިލިއަން ރުފިޔާ: މިއީ ލަފާކުރި މިންވަރަށްވުރެ 14.7 އިންސައްތަ އިތުރު އަދަދެއް

ޖޫން މަހު މީރާއަށް 2.92 ބިލިއަން ރުފިޔާ ލިބިއްޖެ

52 ދުވަސް ކުރިން - 14:07

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%