
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ލިބިފަވާ 1.1 ބިލިއަން ޑޮލަރަށް އަޅާބަލާއިރު %5.6 ގެ ކުރިއެރުމެއް. މިހާތަނަށް ލިބިފަވާ ޑޮލަރު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާ. އޭގެތެރެއިން ބޮޑު އަދަދެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޓީޖީއެސްޓީ.
12 ދުވަސް ކުރިން - 12:21

މިކަން ހާމަކުރައްވަމުން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، އަހަރަކު 1.61 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި މި ޓެކްސްގެ މުއްދަތުތަކާ ގުޅިގެން ވިޔަފާރިވެރިން ހުށަހެޅި ޝަކުވާތަކަށް ހައްލު ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް. އެހެންކަމުން ސިނާޢަތަށް ލުއިފަސޭހަވާނެހެން ޤާނޫނު ވަރަށް އަވަހަށް އިސްލާހުކުރެވޭނެ.
49 ދުވަސް ކުރިން - 10:44
މި އިސްލާހަކީ ފަތުރުވެރިކަމުގެ ޚިދުމަތް ވިއްކާ ބޭރުގެ ކުންފުނިތަކުން ނުނެގި ދޫވާ ޖީއެސްޓީ ހަމަހަމަކަމާއެކު ހޯދުމަށް ގެންނަ ބަދަލެއް. މިއީ އާ ޓެކްސެއް ނޫން ކަމުން، އާންމު ރައްޔިތުންގެ ޒަރޫރީ ހަރަދުތަކަށާއި ދިރިއުޅުމުގެ އަގުތަކަށް އެއްވެސް އަސަރެއް ނުކުރާނެ. މި ޓެކްސް ދައްކާނީ ރާއްޖެ އަންނަ ފަތުރުވެރިން.
97 ދުވަސް ކުރިން - 19:40