ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ދިވެހި ދަރިވަރުންގެ މައުލޫމާތު ހިމެނޭ ދަފްތަރެއް ފުރަތަމަ ފަހަރަށް ހަދައިފި އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ދަފުތަރުގައި މިހާތަނަށް 2،116 ދަރިވަރަކު ރަޖިސްޓްރީ ވެފައިވާ ކަމަށެވެ. އެއީ، 915 ފިރިހެން ދަރިވަރުންނާއި 1،201 އަންހެން ދަރިވަރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ދަރިވަރުންގެ ދަފުތަރެއް ހެދުމުގެ ބޭނުމަކީ ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނާ ގުޅޭ މުހިންމު ކަންކަން ބެލެހެއްޓުމުގައި ލުއި ފަސޭހަކަން ހޯދައިދިނުން ކަމަށާއި އެ ދަފުތަރުގެ ސަބަބުން ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދޭން ސަރުކާރުން ވެސް ފަސޭހަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން ބޭރުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވަމުން އަންނައިރު، ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް 19 ދަރިވަރަކަށް އަދި ހައި އެޗީވާސް ސްކޮލާޝިޕް 119 ދަރިވަރުންނަށް މި އަހަރު ވެސް ވަނީ ދީފަ އެވެ.
ސްޓޫޑެންޓް ލޯނަށް އެދުނު 1،384 ދަރިވަރުންނަށް ސަރުކާރުން ލޯނު ދޫކޮށްފައިވެ އެވެ. އަދި ސްކޮލާޝިޕް ސްކީމްތަކުން 345 ދަރިވަރަކަށް ފުރުސަތު ދީފައިވެ އެވެ.









