Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުލުހުންގެ "އަވައްޓެރި ބީޗް ފެސްޓް" ވިލިމާލޭގައި ބާއްވައިފި

ފުލުހުންގެ "އަވައްޓެރި ބީޗް ފެސްޓް" ވިލިމާލޭގައި ބާއްވައިފި

އަހްމަދު އީޒާން
623 ދުވަސް ކުރިން - 14 ޑިސެންބަރު 2024 14:57
ވިލިމާލޭގައި ބޭއްވި "އަވައްޓެރި ބީޗް ފެސްޓް"ގައި ކުޑަކުދިން ބައިވެރިވަނީ. / ފޮޓޯ: ޕޮލިސް
ވިލިމާލޭގައި ބޭއްވި "އަވައްޓެރި ބީޗް ފެސްޓް"ގައި ކުޑަކުދިން ބައިވެރިވަނީ. / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ބުނީ މިއީ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ވިލިމާލެ ފުލުހުންނާއި ލިކުއިޑް ވޯޓާ ސްޕޯޓްސްއިން އިސްނަގައިގެން ވިލިމާލޭގައި ބޭއްވި ހަރަކާތެއް ކަމަށް.

ވިލިމާލޭގައި ދިރިއުޅޭ ކުޑަކުދިންނަށް ޚާއްސަކޮށްގެން "އަވައްޓެރި ބީޗް ފެސްޓް 2024"ގެ ނަމުގައި އެ އަވަށުގައި މޫދު ކުޅިވަރުގެ ޚާއްސަ ހަރަކާތެއް ފުލުހުން މިއަދު ބާއްވައިފިއެވެ.

ފުލުހުން ބުނީ މިއީ ތުއްތު ކުދިންނަށް އަމާޒުކޮށްގެން ވިލިމާލެ ފުލުހުންނާއި ލިކުއިޑް ވޯޓާ ސްޕޯޓްސްއިން އިސްނަގައިގެން ވިލިމާލޭގައި ބޭއްވި ހަރަކާތެއް ކަމަށެވެ،

މި ހަރަކާތަކީ ރައްޔިތުންނާއި ފުލުހުން ގުޅުން ބަދަހިކޮށް ވީހާ ވެސް ގާތުން މަސައްކަތްކުރުމަށް މަގުފަހިކުރުމުގެ އިތުރުން ވިލިމާލޭގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތައް ކަމަށް ވެސް ފުލުހުން ބުންޏެވެ.

Advertisement

Advertisement 1

މި ހަރަކާތް ބޭއްވީ މިއަދު ހެނދުނު 07:00 އިން 11:00 އަށެވެ. މި ހަރަކާތުގައި މުނިފޫހިފިލުވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އާންމުންނާ ގުޅުން ބަދަހިކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ.

"އަވައްޓެރި ބީޗް ފެސްޓް 2024" ޝަރަފުވެރި ކޮށްދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެވެ.

ޝުޖާއު ވިދާޅުވީ މި ކަހަލަ އިވެންޓުތަކުން ފުލުހުންނާއި އާންމުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، މުޖުތަމައު އިތުރަށް ރައްކާތެރިކޮށް އަދި ދުޅަހެޔޮ މުޖުތަމައަކަށް ހެދުމަށް މަގުފަހިވާނެ ކަމަށެވެ. އަދި މި ހަރަކާތަށް ވިލިމާލެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ތަރުހީބަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ފުލުހުން ބުނީ އެ ހަރަކާތުގައި ތަފާތު އުމުރުފުރާތަކަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރޭގައި ކަޔަކިން، ވޮލީބޯޅަ މެޗުތައް، ކުޑަކުދިންގެ ވާދަމާ މުބާރާތް، އަލިފާނުގެ ރައްކާތެރިކަމާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން، އަދި ކުޑަކުދިންގެ އާޓް މުބާރާތްތަކާއި އެހެނިހެން މޫދު ކުޅިވަރުތައް ހިމެނެއެވެ.

މަގުމަތީގެ ރައްކާތެރިކަމާއި ސައިބަރ ކްރައިމް އާއި ކުޑަކުދިންނާ ގުޅުންހުރި މައުލޫމާތާއި ފުލުހުން ފޯރުކޮށްދޭ އެހެނިހެން މުހިންމު ޚިދުމަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ދިނުން ވެސް އެ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، މި ހަރަކާތުގައި 800 އަށް ވުރެ ގިނަ ކުދިން ބައިވެރިވިއެވެ. އަދި މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދެއްވާފައި ވަނީ ހަރަކާތުގައި ބައިވެރިވި ކުދިންގެ ބެލެނިވެރިން ކަމަށް ފުލުހުން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްވިލިމާލެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލެ ފޭސް 2ގައި ބިރުވެރި އެކްސިޑެންޓެއް: 9 އަހަރުގެ ކުޑަކުއްޖެއް ވެންޓިލޭޓަރުގައި!

ހުޅުމާލެ ފޭސް 2ގައި ބިރުވެރި އެކްސިޑެންޓެއް: 9 އަހަރުގެ ކުޑަކުއްޖެއް ވެންޓިލޭޓަރުގައި!

5 ގަޑިއިރު ކުރިން - 02:07

ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާފައި ފިލަން އުޅުނު މީހާ 15 ދުވަހަށް ބަންދުކޮށްފި!

ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާފައި ފިލަން އުޅުނު މީހާ ބަންދުކޮށްފި

12 ގަޑިއިރު ކުރިން - 19:03

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

ގޭސް ލީކުވެ ހާލުދެރަވި ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ފުލުހުން ބުނެފި

1 ދުވަސް ކުރިން - 12:35

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މާފަންނު ގެއެއްގައި ގޭސް ލީކުވެ އަންހެނަކު ނިޔާވެއްޖެ، އިތުރު މީހަކަށް ހޮސްޕިޓަލުގައި

2 ދުވަސް ކުރިން - 14:08

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

5 ދުވަސް ކުރިން - 07:25

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

މިއަހަރުގެ މިހާތަނަށް 2,200 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ!

6 ދުވަސް ކުރިން - 18:14