Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

"ކާނި ހޮޓެލްސް" ގެ 12 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

"ކާނި ހޮޓެލްސް" ގެ 12 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

އަައިޝަތު ޒީނާ
546 ދުވަސް ކުރިން - 11 ޑިސެންބަރު 2024 21:31
"ކާނި ހޮޓެލްސްގެ" 12 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތްތަކުގެ ތެރެއިން. / ފޮޓޯ: ކާނި ހޮޓެލްސް
"ކާނި ހޮޓެލްސްގެ" 12 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ހަރަކާތްތަކުގެ ތެރެއިން. / ފޮޓޯ: ކާނި ހޮޓެލްސް
ޚުލާސާ

ކާނީ ހޮޓެލްސްގެ ސީއީއޯ އަދި އެމްޑީ އަބްދުالله ނަޝީދު ވިދާޅުވީ ކާނި ހޮޓެލްސްގެ 12 އަހަރުގެ ދަތުރަކީ އެ ކުންފުނީގެ ޓީމްގެ ހިތްވަރާއި ކުރިއެރުން ދައްކުވައިދޭ ދަތުރެއް ކަމަށް.

ރާއްޖޭގެ މަޝްޙޫރު ހޮޓެލްސް އެންޑް ގެސްޓްހައުސް ޗެއިން، "ކާނި ހޮޓެލްސްގެ" 12 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ކާނި ހޮޓެލްސް އެންޑް ޓުއަރސް ޕްރައިވެޓް ލިމިޓެޑުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެންމެ 18 ކޮޓަރީގެ ގެސްޓްހައުސްއަކުން މަޑުމަޑުން ފެށި މި ވިޔަފާރިން، މިހާރު ހަތަރު ޕްރޮޕަޓީ އޮޕަރޭޓްކޮށް، 600 ކޮޓަރީގެ ޕޯޓްފޯލިއޯއަކަށް ފުޅާވެފައިވާ ކަމަށެވެ. އަދި ކާނި އަކީ ފެށުނީއްސުރެ ރާއްޖޭގެ ފަތުރުވެރިކަމުގެ މައިދާނުގައި އެންމެ އިސް ނަމޫނާ ކަމަށާއި، ފާހަގަކުރަމުން އަންނަ 12 އަހަރުގެ މުނާސަބަތަކީ ކުންފުނީގެ ކުރިއެރުމުގެ ހަނދާންތައް އާކޮށް، މުވައްޒަފުންގެ ދުޅަހެޔޮކަމާއި މުޖުތަމަޢުގެ ކުރިއެރުމަށް އެ ކުންފުނިން ކުރާ މަސައްކަތް އިތުރަށް ހަރުދަނާކޮށްދޭ ކާމިޔާބީއެއް ކަމަށެވެ.

މި އަހަރީ ދުވަސް ފާހަގަކުރަމުން އަންނަނީ ކާނި ހޮޓެލްސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކަމަށް އެ ހޮޓެލުން ބުންޏެވެ. އެގޮތުން ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު އިފްތިތާޙުކޮށްދެއްވީ ސީއީއޯ ޢަބްދުالله ނަޝީދާއި ސީއޯއޯ އާސިމާ ސަލީމް ކަމަށް ކާނި ހޮޓެލްސް އިން ބުންޏެވެ.

Advertisement

Advertisement 1

އަހަރީ ދުވަހާ ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދިޔައިރު އެ ކުންފުނިން ވަނީ ޓީމް ބިލްޑިންގެ މަޖާ ގޭމްތަކާއި ފުޓްސަލް މުބާރާތަކާއި ގުޅުން ބަދަހިކޮށް ޓީމް ސްޕިރިޓް ވަރުގަދަކުރުމުގެ ގޮތުން މަސްވެރިކަމުގެ މުބާރާތެއް ބާއްވައި މަސައްކަތުގެ މާޙަޢުލުން ބޭރުގައި މުވައްޒަފުންނަށް ތަޖުރިބާތައް ލިބިގަތުމުގެ ފުރުޞަތުތައް ފަހިކޮށްދީފައި ކަމަށް ކާނި ހޮޓެލްސް އިން ބުންޏެވެ. އަދި ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ބޭއްވި ކުލަގަދަ ގާލާ ޑިނާ އެންޑް އެވޯޑް ޙަފްލާގައި ކާނި ހޮޓެލްސްގެ މުވައްޒަފުންގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ އަގު ވަޒަންކޮށްފައިވާ ކަމަށް ކާނި ހޮޓެލްސް އިން ބުންޏެވެ.

މީގެ އިތުރުން ދިގު މުއްދަތަކަށް ކުންފުންޏަށް ޚިދުމަތްކޮށްދެމުން އަންނަ މުވައްޒަފުންގެ އަގު ވަޒަންކޮށް އިނާމު ދިނުމުގެ ގޮތުން ކާނި ހޮޓެލްސްގެ ވެރިން ވަނީ ފަސް އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ ދެ މުވައްޒަފަކަށް ޢުމްރާ ދަތުރު ހަދިޔާކޮށްފައެވެ.

ކާނީ ހޮޓެލްސްގެ ސީއީއޯ އަދި އެމްޑީ އަބްދުالله ނަޝީދު ވިދާޅުވީ ކާނި ހޮޓެލްސްގެ 12 އަހަރުގެ ދަތުރަކީ އެ ކުންފުނީގެ ޓީމުގެ ހިތްވަރާއި ކުރިއެރުން ދައްކުވައިދޭ ދަތުރެއް ކަމަށެވެ.

Kaani Hotels, proudly held its 12th anniversary with a week-long celebration honoring its remarkable journey and commitment to exceptional hospitality in the Maldives. A heartfelt thank you to our incredible team.  @visitmaldives pic.twitter.com/LfUuhL0CUc

— Abdulla Nasheed (@kaaniablo)

?t=3SgPUoDuAN2Vc1qhlES4TQ&s=19

"ކުޑަ ގެސްޓްހައުސްއެއްގެ ގޮތުގައި ފެށުނު ވިޔަފާރި ކުރިއަރަމުން އަންނަ ހޮސްޕިޓާލިޓީ ގްރޫޕަކަށް ބަދަލުވެއްޖެ. މިއީ އަޅުގަނޑުމެންގެ ކާމިޔާބީގެ ފަހަތުގައި ވާ އަޅުގަނޑުމެންގެ މުވައްޒަފުންގެ ސާބިތުކަމުގެ ހެއްކެއް. 12 އަހަރުގެ މި ފާހަގަކޮށްލެވޭ ދަތުރުގައި ޕާޓްނަރުންނާއި މެހެމާނުން ދެއްވި އެއްބާރުލުމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." ނަޝީދު ވިދާޅުވިއެވެ.

2025 ވަނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ އިތުރު ދެ ޕްރޮޕަޓީއާއެކު ކާނި ހޮޓެލްސް އިން މިހާރު އަންނަނީ ވިޔަފާރި ފުޅާކުރަމުންނެވެ. އެގޮތުން 2027 ވަނަ އަހަރު ވ އަތޮޅުގައި ރިސޯޓެއް ހުޅުވުމަށް އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަން ފާހަަކޮށްލެވެއެވެ.

ފަތުރުވެރިކަންކ. މާފުށި
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

ފަތުރުވެރިން ގެއްލުން؛ އެންމެންގެ ހަށިގަނޑުތައް ނަގައި ނިމިއްޖެ

21 ދުވަސް ކުރިން - 13:57

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

ގެއްލުނު ފަތުރުވެރިން ގެންދިޔަ ސަފާރީގެ ލައިސަންސް ސަސްޕެންޑްކޮށްފި

26 ދުވަސް ކުރިން - 10:19

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އަމީން މާޔާގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

36 ދުވަސް ކުރިން - 14:59

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

ބެއާބޯޓު މައްސަލައިގައި އިހުމާލުވީ ކުރީ ސަރުކާރުން

37 ދުވަސް ކުރިން - 21:06

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަން ފަށައިފި

ސަރުކާރުތަކުން ހާމަނުކުރި ޓޫރިޒަމް ސްޓެޓިސްޓިކްސް މިސަރުކާރުން ހާމަކުރަންފަށައިފި

39 ދުވަސް ކުރިން - 13:26

އެޕްރިލް މަހު ގަތަރު-އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް

އެޕްރިލްގައި ގަތަރު-އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާނެ

72 ދުވަސް ކުރިން - 09:17