ޔުކްރެއިނުގެ އިރުމަތީ ސަރަހައްދުގައި ހިންގަމުންދާ ހަނގުރާމައިގައި އިތުރު ރަށެއް ރަޝިއާގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް އިއްޔެ މޮސްކޯއިން ބުނެފިއެވެ.
ރަޝިޔާގެ ދިފާއީ މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނާ ގޮތުން އެމީހުންގެ ސިފައިން ހިފާފައި ވަނީ ޒޮވްޓޭ ނަމަކަށް ކިޔާ ރަށެކެވެ. އެ ރަށް އޮންނަނީ މޮސްކޯއިން ޑޮނެޓްސްކް ސަރަހައްދުގައި ހިންގަމުންދާ ހަނގުރާމައިގެ މައި ކޮޅުމަތީގައިވާ ޕޮކްރޮވްސްކް ސިޓީގެ ދެކުނުން 11 ކިލޯމީޓަރު (6.8 މޭލު) ދުރުގައެވެ.
ރަޝިޔާއިން ޑޮނެޓްސްކްގައި ހިންގަމުންދާ ހަނގުރާމާގައި ކުރިއެރުންތަކެއް ހޯދަމުންދާއިރު، ޕޮކްރޮވްސްކް ވަށައިގެންވާ ސަރަހައްދުގައި ހަނގުރާމަ ވަނީ އިތުރުވެފައެވެ.
ޕޮކްރޮވްސްކް ސިޓީއަކީ ޔުކްރެއިނުގެ ސިފައިންނަށް އެ ސަރަހައްދުގައި ވަރަށް މުހިންމު ތަނެކެވެ. އެއީ ރަޝިޔާގެ ބޯޑަރާއި ކައިރީގައި އޮންނަ ތަނެކެވެ.
ޔުކްރެއިނުގެ ފަރާތުން މިހާތަނަށް މިކަމާމެދު އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، ޒެލެންސްކީ އަށް އޮތީ ޞުލްޙަވުން ކަމަށް މުހައްލިލުން ބުނެއެވެ. ސަބަބަކީ ޓްރަމްޕުގެ ސަރުކާރެއްގައި އެމެރިކާގެ އެހީއެއް ނުލިބޭނެތީއެވެ. އަނެއްކޮޅުން އެމެރިކާ އެހީތެރި ނުވާނަމަ ޔޫރަޕަށް ވެސް ވަކި ހިސާބަކުން ޖެހޭނީ ގޮތް ދޫކޮށްލާށެވެ. ނުވަތަ ޔުކްރޭނުގެ ޞުލްޙަ ބެލެހެއްޓުމަށް އެޤައުމުގައި ތިބޭށެވެ.









