އިންޒާރުދޭ ފަރާތްތަކަށް 10 އަހަރާއި 15 އަހަރުގެ ޖަލު ޙުކުމެއް އަންނަން ޖެހޭ

އުސްތާޛް މުޙައްމަދު ޢަލީ | 355 ދުވަސް ކުރިން - 10 ޑިސެންބަރު 2024 16:49
މާލޭގައި މީގެ ކުރިން ބޭއްވި މުޒާހަރާއެއް ހަމަނުޖެހުމަކަށް ބަދަލުވެ ފުލުހުން އެ މުޒާހަރާ ރޫޅާލުމުގައި. (ފައިލް ފޮޓޯ)
މާލޭގައި މީގެ ކުރިން ބޭއްވި މުޒާހަރާއެއް ހަމަނުޖެހުމަކަށް ބަދަލުވެ ފުލުހުން އެ މުޒާހަރާ ރޫޅާލުމުގައި. (ފައިލް ފޮޓޯ)
ޚުލާސާ

ރައީސް އަމީން އާއި ގުޅުވައި ވާހަކަ ދެއްކުމަކީ ޓެރަރިޒަމަށް ހިއްވަރުދިނުން، ބަޑިގުދަނަށް ވަދެ ހަތިޔާރު ނަގައި މުލިއާގެއަށް ވަންނަން ބުނުމަކީ އަދި މާ ބިރުވެރި ކަމެއް. މި ކަންތަކަށް އަދަބު ލިބެން ޖެހޭ!

ޓެރަރިޒަމަކީ ކޮބައިކަން މާނަ ކޮށްދީފައި ވަނީ ޤާނޫނު ނަންބަރު 2015/ 32) ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ ދެވަނަ ބާބުގައި ކަމަށާއި ބަޑި ގުދަން ފަޅަން ބުނި މީހާއަށް 10 އަހަރާއި 15 އަހަރު ގެ ޖަލު އަދަބެއް އަންނަން ޖެހޭނެ ކަމަށް ފަނޑިޔާރަކު ވިދަޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރީގެ ފަނޑިޔާރު ޢަލީ އާދަމް ވިދާޅުވީ ދަޢުވާ އަށް އަދަބު ކަނޑައަޅާނީ ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކުރާ ދަޢުވާއެއް ގެ ޞީޣާ އޮންނަ ގޮތެއްގެ މައްޗަށް ދަޢްވާ ސާބިތު ވާނަމަ އެވެ. އަދި އެފަދަ ޙާލަތެއްގައި އަދަބުގެ މިންވަރު މަތި ވުމާއި ދަށް ކުރެވޭ ގޮތް ވެސް ދެވަނަ މާއްދާގައި ބަޔާން ކޮށްފައި ވާކަަމަށް ލިޔުއްވާފައި ވެއެވެ.

"ޓެރަރިޒަމަކީ ކޮބައިކަން މާނަ ކޮށްދީފައިވަނީ ޤާނޫނު ނަންބަރު 2015/ 32( ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނު) ގެ ދެވަނަ ބާބުގައެވެ. އެގޮތުން ޓެރަރިޒަމު ގެ ޢަމަލު ގެ ބާވަތުން އެކި ބާވަތުގެ އަމަލުތަކަށް ތަފާތު އަދަބު ކަނޑައެޅިފައިވެއެވެ. ޚަބަރުގައި ބުނެފައިވާ ކަންތައް ކުރިކަން ސާބިތު ވެއްޖެ ނަމަ އަދަބަކަށް އަންނާނީ ،10 އަހަރާއި 15 އަހަރު ގެ ޖަލު އަދަބެކެވެ. އެހެން ނަމަ ވެސް ދަޢްވާ އަށް އަދަބު ކަނޑައަޅާނީ PG ކުރާ ދަޢްވާ އެއް ގެ ޞީޣާ އޮންނަ ގޮތެއްގެ މައްޗަށް ދަޢްވާ ސާބިތު ވާނަމަ އެވެ. އެފަދަ ޙާލަތެއގައި އަދަބުގެ މިންވަރު މަތިވުމާއި ދަށްކުރެވޭ ގޮތް ވެސް ދެވަނަ މާއްދާގައި ބަޔާން ކޮށްފައި ވެއެވެ."

މިހާރަކަށް އައިސް ސަރުކާރަށް އިންޒާރުދީ ރައީސްއަށް އިންޒާރުދޭ މައްސަލަ މިވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން ޚުލާސާއިން ފުންނާބު އުސް ޤާނޫނީ ދާއިރާގެ ބޭފުޅަކާއި ސުވާލު ކުރުމުން އޭނާ ވިދާޅުވީ ޓެރަރިޒަމްގެ ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން އެމްޑީޕީން މިހާރު އެހިންގަން އުޅޭ ކަންތަކުން ޓެރަރިޒަމްގެ ޢަމަލެއް ރާވަމުންދާ ކަމަށް ބެލެވޭނެ ޖާގަ އެބައޮތެވެ. އެގޮތުން ފާޅުކަން ބޮޑު ގޮތެއްގައި ޕޯޑިއަމް ތަކުގައި ރައީސް މުޢިއްޒު އަވަހާރަކޮށްލުމަށް މާނަ ކުރެވޭ ގޮތަށް މިދުވަސްވަރު ވާހަކަ ދައްކާފައިވާ ކަމަށާއި އަދި ހަމަ މިދުވަސްވަރު ބޮޑު އެއްވުމެއް ބާއްވަން އުޅޭއިރު ސޯޝަލް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓުން އިންޒާރުތައްދި ބިރުވެރިކަން އުފެދޭ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އެހެންކަމުން ޓެރަރިޒަމްގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ)ގެ ދަށުން 10 އަހަރުގެ ޖަލު ޙުކުމެއް އައުމުގެ ފުރުޞަތު އެބައޮތް ކަމަށް. ޤާނޫނީ ވަކީލަކު ނަން ނުޖަހަން ޝަރުޠުކޮށް ވިދާޅުވިއެވެ.

"ޓެރަރިޒަމް މާނަކުރުމުގައި ޤާނޫނުގައި ވަރަށް ޞަރީޚަކޮށް ލިޔެފައިވާނެ ޢާންމުންނަށް ނުވަތަ ޢާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަކީ ކުށެއް ކަމަށް. އެހެންކަމުން ފައްޔާޒު އެދައްކާ ވާހަކަތަކާއި އަދި އެމްޑީޕީން ދައްކަމުންދާ ވަހަކަތަކުން ވެސް ޓެރަރިޒަމަށް އެބަ މާނަ ކުރެވޭ. އެހެންވީމާ ފައްޔާޒުއާއި އަދި އެމްޑީޕީން އެ ދައްކާ ވާހަކަތައް ތަޙުޤީޤު ކުތެވެން އެބަޖެހޭ. މި މާއްދާތައް ގުޅިގެން އަންނައިރު 10 އަހަރުގެ ޖަލު ޙުކުމެއް އެންމެ ކުޑަމިނުން ވެސް އަންނަން ޖެހޭ” ލޯޔަރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%