Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސީރިއާގެ ވެރިކަން ވެއްޓުނީ އިސްރާއީލުން ލުބުނާނާއި އީރާނަށް ހަމަލާ ދިނުމުން - ނަތަންޔާހޫ

ސީރިއާގެ ވެރިކަން ވެއްޓުނީ އިސްރާއީލުން ލުބުނާނާއި އީރާނަށް ހަމަލާ ދިނުމުން - ނަތަންޔާހޫ

ޖަވާދު
638 ދުވަސް ކުރިން - 10 ޑިސެންބަރު 2024 09:19
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
ޚުލާސާ

ނަތަންޔާހޫ ވިދާޅުވީ ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓެން ޖެހުނީ ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތާއި އަދި އީރާނަށް އިސްރާއީލުން ދިން ޙަމަލާތަކުގެ ސަބަބުން ކަމަށާއި، ސީރިއާގެ ބިންތައް އިސްރާއީލުން ހިފާނެ ކަމަށް.

ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުމާއި ގުޅިގެން އިސްރާއީލުން ވަނީ އިތުރު ބިންތައް އިސްތިޢުމާރު ކުރުމުގެ މަސައްކަތް ފަށައިފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އަސަދުގެ ވެރިކަން ވެއްޓުނީ އިސްރާއީލުގެ ފައުޖުން އީރާނާއި ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތާއި ދެކޮޅަށް ދިން ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ކަމަށެވެ.

ނަތަންޔާހޫ ވަނީ އަސަދުގެ ވެރިކަން ވެއްޓުމަކީ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި، އެކަމުގެ ސަބަބުން އިސްރާއީލަށް އިތުރު މަގުތަކެއް ފަހިވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލުގެ ފައުޖުން އިސްތިޢުމާރު ކުރި އައު ސަރަޙައްދުތަކަށް ނަތަންޔާހޫ ވަނީ ޒިޔާރަތްކުރައްވާފައެވެ.

Advertisement

Advertisement 1

އަސަދުގެ ވެރިކަން ވެއްޓުނު ދަނޑިވަޅާއި ދިމާކޮށް އިސްރާއީލުގެ ފައުޖުން ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ބޮން އަޅާފައެވެ. އިތުބާރުހުރި މަސްދަރުތަކުން ބުނެފައިވާ ގޮތުގައި މި ޙަމަލާތައް އަމާޒުކޮށްފައި ވަނީ ސޫރިޔާގެ އަސްކަރިއްޔާއިން ދޫކޮށްލާފައިވާ މިސައިލުތަކާއި ރޮކެޓުތައް ހަނގުރާމަވެރި ޖަމާޢަތެއްގެ އަތްދަށަށް ދިޔުމުގެ ކުރިން ނައްތާލުމަށެވެ.

1967 ވަނަ އަހަރު ޢަރަބިންނާއި ދެކޮޅަށް ކުރި ހަނގުރާމާގައި އިސްރާއީލުން ވަނީ ސޫރިޔާގެ ޖޫލާނުގެ އުސް ބިންތައް އިސްތިޢުމާރުކޮށްފައެވެ. އަދި އަސަދުގެ ވެރިކަން ވެއްޓުމާއި ގުޅިގެން އިސްރާއީލުގެ ފައުޖުން ވަނީ ސޫރިޔާގެ ސަރަޙައްދީ ރޮނގުގެ އިން ފަހަތަށް ޖައްސައި އިތުރު ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ.

އަސަދުގެ ވެރިކަން ވެއްޓުމާއެކު އިސްރާއީލްގެ ޓޭންކަރުތަކުން ސީރިއާގެ ބޯޑަރާއި ކައިރިއަށް ޓޭންކުތައް ޖަމާކޮށްފައި

އިސްރާއީލުގެ ބޮޑުވަޒީރު ވަނީ 1974 ވަނަ އަހަރު ސީރިއާއާ އެކު ވެފައިވާ ޑިސެންގޭޖްމަންޓް އެއްބަސްވުން "ފުނޑުފުނޑުވެފައިވާ" ކަމަށް ވިދާޅުވެ ގޯލާން އުސްމިނުގައި ޑިމިލިޓަރައިޒްޑް ބަފަރ ޒޯނެއްގެ ކޮންޓްރޯލް ވަގުތީ ގޮތުން ހިފެހެއްޓިކަން އިއުލާން ކުރައްވާފައެވެ.

ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުން ހިފާފައިވާ ގޯލާންގެ ބަފަރު ޒޯނާއި "ކައިރީގައި ހުންނަ ކޮމާންޑިން ޕޮޒިޝަންތަކަށް" ވަނުމަށް އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އަށް މިހާރު އަންގަވާފައިވާ ކަމަށެވެ.

ބެންޖަމިން ނަތަންޔާހޫސީރިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބައްޝާރުލް އަސަދު އުޅުނީ ނިއުކްލިއާ ހަތިޔާރު އުފައްދަން: އދ.

ބައްޝާރުލް އަސަދު އުޅުނީ ނިއުކްލިއާ ހަތިޔާރު އުފައްދަން: އދ.

1 ދުވަސް ކުރިން - 13:21

ހިޒްބުﷲ އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސޫރިޔާ ސިފައިން ލުބްނާނަށް ނުވަންނާނެ: ރައީސް އަލްޝަރާ

ހިޒްބުﷲ އާ ދެކޮޅަށް ސޫރިޔާ ސިފައިން ލުބްނާނަށް ނުވަންނާނެ: އަލްޝަރާ

79 ދުވަސް ކުރިން - 10:13

ސީރިއާގައި ހުރި ކެމިކަލް ހަތިޔާރުތައް ނައްތާލުމަށް ކެނެޑާއިން 5 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ސީރިއާގައިވާ ކެމިކަލްހަތިޔާރުތައް ނައްތާލުމަށް ކެނެޑާއިން 5މިލިއަން ޑޮލަރުދީފި

139 ދުވަސް ކުރިން - 07:55

އެމެރިކާ އިން ހިފި ސީރިއާގެ ހުރިހާ ތަނެއް އަނބުރާ ސީރިއާގެ ސަރުކާރުން ހޯދައިފި

އެމެރިކާއިން ހިފި ސީރިއާގެ ބިންތައް ދިމިޝްޤުން ހޯދައިފި

144 ދުވަސް ކުރިން - 08:28

ޢަރަބީންގެ ވައިގެ ސަރަޙައްދު ހުޅުވަން ފަށައިފި

ޢަރަބީންގެ ވައިގެ ސަރަޙައްދު ހުޅުވަން ފަށައިފި

153 ދުވަސް ކުރިން - 11:02

ޓްރަމްޕް ސަރުކާރުން ސޫރިޔާގެ ރައްޔިތުންނަށް ދީފައިވާ ހިމާޔަތް ނިމުމަކަށް ގެނައުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެ

ސޫރިޔާގެ ރައްޔިތުންނަށް ދީފައިވާ ހިމާޔަތް ނިމުމަކަށް ގެންނަނީ

194 ދުވަސް ކުރިން - 05:08