އަމީން ދީދީ އަވާހަރަކޮށްލުން ދިފާޢުކޮށް ފައްޔާޒު ދެއްކެވި ވާހަކަތަކަށް ކާފަ ދަރިކަނބަލުން ރައްދުދީފި!

އުސްތާޛް މުޙައްމަދު ޢަލީ | 356 ދުވަސް ކުރިން - 10 ޑިސެންބަރު 2024 08:18
ފޮޓޯ: ސޯޝަލްމީޑިއަ
ފޮޓޯ: ސޯޝަލްމީޑިއަ
ޚުލާސާ

މުޙައްމަދު އަމީން އަވަހާރަކޮށްލީ ރަނގަޅަށް ކަމަށް ސިފަވާ ގޮތަށް ފައްޔާޒް ވާހަކަ ދެއްކެވުމުން އަމީންދީދީގެ ކާފަ ދަރިކަނބަލުން ޑރ. ފަރަހަނާޒް ހިތްހަމަނުޖެހި ވިދާޅުވީ އިންސާނީ ހައްގުތަކަށް ވަކާލާތުކުރި އެމްޑީޕީ މިއަދު ނެތްކަމަށް.

ރާއްޖޭގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީ އަވަހާރަކޮށްލުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ސިފަކޮށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ދެއްކެވި ވާހަކަތަކަށް، ރައީސް މުޙައްމަދު އަމީންގެ ކާފަ ދަރިކަނބަލުން ޑރ. ފަރަހަނާޒް ފައިސަލް ރައްދު ދެއްވައިފިއެވެ.

ފަރަހަނާޒް ވިދާޅުވީ އިސްލާމީ ޝަރުޢީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކުވެސް ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް، ބަޔަކު ނިކުމެ މީހަކު މަރާލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

"މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑްތޯ؟ އެހެންނަމަ މިއީ ދިރިހުރުމުގެ ޙައްޤު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ޙައްޤުތަކަށް ތެދުވި އެމްޑީޕީއެއް ނޫން،ޕީއެއް ނޫން،" ފަރަހަނާޒް ވިދާޅުވިއެވެ.

މި މައްސަލަ ކުރިމަތިވެފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް "ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުޙައްމަދު އަމީނަށް ހެދިހެން ހަދަންޖެހޭނެ" ކަމަށް ބުނުމުން، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް އެ ވާހަކަތަކަށް ހިތްވަރު ލިބޭގޮތަށް ވާހަކަދެއްކެވުމާއި ގުޅިގެންނެވެ.

ފަރަހަނާޒްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން މިއަދު އެ ފެންނަނީ ޙަޤީޤީ އެމްޑީޕީއެއް ނޫންކަން ގިނަ ބަޔަކު ޤަބޫލުކުރާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މިހާރަކަށް އައިސް އެމްޑީޕީގެ އެކްޓިވިސްޓުން ދަނީ މީހުން މަރަން ސޯޝަލް މީޑިއާގައި ވެސް ގޮވަމުންނެވެ. އަދި މިހާރު އެމްޑީޕީގެ ލީޑަރޝިޕްގައި ތިބީ އެމްޑީޕީގެ އަސާސްތަކާއި ހަމަތަކާއި ދުރު، ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ ބައެއް ކަމަށްވެސް ފާހަގަކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%