Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދާޚިލީ ވުޒާރާ މިހާރު ހިނގަމުންދަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ގޮތަށް: އިހުސާން

ދާޚިލީ ވުޒާރާ މިހާރު ހިނގަމުންދަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ގޮތަށް: އިހުސާން

އަައިޝަތު ޒީނާ
634 ދުވަސް ކުރިން - 10 ޑިސެންބަރު 2024 01:18
ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވާހަކަދައްކަވަނީ. / ފޮޓޯ: ފުލުހުން
ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވާހަކަދައްކަވަނީ. / ފޮޓޯ: ފުލުހުން
ޚުލާސާ

ވަޒީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތުން މިވީ އެއް އަހަރު ތެރޭގައި ގިނަ ކާމިޔާބީތައް ޙާޞިލްކޮށްފައިވާއިރު، އެއަށް ވުރެ ބޮޑު ކާމިޔާބީތަކެއް ޙާޞިލްކުރުމަށް މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ މަސައްކަތްތައް މިހާރު ހިނގަމުންދަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ގޮތަށް ކަމަށް ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ 37 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އައްޑޫސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެން ލޯ އެންފޯސްމަންޓުގައި މިރޭ ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެ ވުޒާރާގެ މަސައްކަތްތައް ހިނގަމުންދަނީ ނަތީޖާ ނެރޭ އަދި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ގޮތަށް ކަމަށެވެ.

Advertisement

Advertisement 1

ވަޒީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތުން މިވީ އެއް އަހަރު ތެރޭގައި ގިނަ ކާމިޔާބީތައް ޙާޞިލްކޮށްފައިވާއިރު، އެއަށް ވުރެ ބޮޑު ކާމިޔާބީތަކެއް ޙާޞިލްކުރުމަށް މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި އެ ވުޒާރާއަކީ އެފަދަ މަސައްކަތްތަކުން ނަތީޖާ ނެރެވޭ ގޮތަށް އެކުލަވާލާފައިވާ ވުޒާރާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ވެސް ވަރުގަދަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި މަސްތުވާތެކެތި ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ނިމިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 1.3 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި މުޖުތަމަޢުގެ ތެރެއަށް ދައުރުވިޔަ ނުދީ ހުއްޓުވާފައި ވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ތަރައްޤީކޮށްފައިވާ ފުލުހުންގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓުގެ މަރާމާތުގެ މަސައްކަތަށް އިންޑިއާ ސަރުކާރުން 130.9 މިލިޔަން ރުފިޔާ ނުވަތަ 8.5 މިލިޔަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމަވާފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ އިންޑިއާއިން ދެއްވި ހިލޭ އެހީއަށް ޝުކުރު ދަންނަވާ ކަމަށާއި މި ހިލޭ އެހީން ދައްކުވައިދެނީ އިންޑިއާ ސަރުކާރާއި ދިވެހި ރައްޔިތުންނާ ދެމެދު އޮތް ޚާއްސަ ގުޅުން ކަމަށެވެ.

ފުލުހުންގެ 37 ވަނަ އަސާސީ ތަމްރީނު ކޯހުން 171 އޮފިސަރުން ދަސްވެނިވެފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ފުލުހުންގެ އަސާސީ ތަމްރީނު ފުރިހަމަ ކުރި އޮފިސަރުން ހަވާލުވަނީ ބޮޑު ޒިންމާއަކާ ކަމަށެވެ. އަދި އެ ޒިންމާ އަދާކުރުމުގައި، ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރުމަށް ވަޒީރު ވަނީ ނަސޭޙަތްތެރިވެލައްވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު އަދި އިންޑިއާގެ ސަރްދާރު ވައްލަބާއި ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓަރ އަމިތު ގަރްގް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމިނިސްޓަރު އަލީ އިހުސާންމިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން - 01:55

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

1 ދުވަސް ކުރިން - 20:53

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

2 ދުވަސް ކުރިން - 15:41

ވެމްކޯއާއި ފުލުހުން ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

3 ދުވަސް ކުރިން - 14:41

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ޓާސްކްފޯސްއަށް ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކޮށްފި

3 ދުވަސް ކުރިން - 12:44

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

ޒީވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭ: ފުލުހުން

3 ދުވަސް ކުރިން - 10:57