Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އައްޑޫ އާއި ފުވައްމުލަކުގައި ވެމްކޯއިން ކުނި ނަގާ ފީ އަށް ބަދަލުތަކެއް ގެނެސްފި

އައްޑޫ އާއި ފުވައްމުލަކުގައި ވެމްކޯއިން ކުނި ނަގާ ފީ އަށް ބަދަލުތަކެއް ގެނެސްފި

އަައިޝަތު ޒީނާ
639 ދުވަސް ކުރިން - 9 ޑިސެންބަރު 2024 20:33
ވެމްކޯ. / ފޮޓޯ: ޚުލާސާ
ވެމްކޯ. / ފޮޓޯ: ޚުލާސާ
ޚުލާސާ

އައްޑޫ އަދި ފުވައްމުލަކުން ކުނި ނަގަމުންދާ އަގަށް ބަދަލު ގެނެސްފައިވާއިރު، އެ ސިޓީތަކުން ދެން ކުނި ނަގާނީ މާލެ ސިޓީއާ އެއް ރޭޓެއްގައި ކަމަށާއި، އެއީ 150 ރުފިޔާ ކަމަށް ވެމްކޯއިން ބުނި.

އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީގައި ވެމްކޯއިން ކުނި ނަގާ ފީ އަށް ބަދަލުތަކެއް ގެނެސްފިއެވެ.

ވެމްކޯއިން މިއަދު ކުރި އިޢުލާނެއްގައި ބުނީ އެ ކުންފުނިން މިފަހުން ޚިދުމަތް ދޭން ފެށި ރަށްރަށުގައި އަންނަ މަހުން ފެށިގެން ފީ ނަގަން ފަށާނެ ކަމަށެވެ. އެގޮތުން ސިޓީތަކާއި ރަށްރަށުގައި އެ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ކުނި މެނޭޖުކުރުމުގެ ހިދުމަތްތަކަށް 1 ޖަނަވަރީ 2025 އިން ފެށިގެން ފީ ނެގުމަށާއި މިހާރުވެސް ފީ ނަގަމުންދާ ސިޓީތަކުގައި ފީ ނެގޭ އުސޫލައް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން ބުނީ އައު އުސޫލުގެ ދަށުން ގޭބިސީތަކުންނާއި، ވިޔަފާރި، އަދި ސަރުކާރުގެ މުއައްސަސާތަކުން ކުނި ނަގައި ދިނުމުގެ ޚިދުމަތަށް އަގު ނެގުމުގެ އިތުރުން، ކުނި މެނޭޖްކުރާ ސެންޓަރުތަކަށް ކުނި އުކާލާ ފަރާތްތަކުން ކުނި އުކާލުމަށް ގޭޓު ފީ އެއް ނެގިގެންދާނެ ކަމަށެވެ.

Advertisement

Advertisement 1

ވެމްކޯގެ ޚިދުމަތްތަކަށް ފީ ނެގުމަށް ހަމަޖެހިފައިވާ ގޮތަކީ:

ވެމްކޯއިން ބުނީ ގޭބިސީތަކުން ދައްކަންޖެހޭ ކުނި ނެގުމުގެ ފީ ނެގޭނީ ފެނަކައާއި ސްޓެލްކޯގެ ބިލުގެ ތެރެއިން ކަމުގައި ވާއިރު، ގޭޓު ފީ ނެގުމަށް ހަމަޖެހިފައިވަނީ ޓްރާންސްފަރ ސްޓޭޝަނަށް ކުނި ބަރުކޮށްގެން ގެންނަ ކުނި އުފުލާ އުޅަނދު ރަޖިސްޓްރީ ކުރެވިފައިވާ 'އުފުލޭ ބަރުދަނަށް' ބަލައިގެން ކަމަށެވެ.

މި ބަދަލާއެކު އައްޑޫ އަދި ފުވައްމުލަކުން ކުނި ނަގަމުންދާ އަގަށް ބަދަލު ގެނެސްފައިވާއިރު، އެ ސިޓީތަކުން ދެން ކުނި ނަގާނީ މާލެ ސިޓީއާ އެއް ރޭޓެއްގައި ކަމަށާއި، އެއީ 150 ރުފިޔާ ކަމަށް ވެމްކޯއިން ބުންޏެވެ.

މި ފަހުން ވެމްކޯއިން ޚިދުމަތް ފެށި ކ. މާފުށި، ގދ. ތިނަދޫ އަދި ހދ. ކުޅުދުއްފުށީގެ ވެސް ގޭބިސީތަކުން ކުނި ނަގަމުންދަނީ އެ އަގުގައެވެ.

ވެމްކޯ
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ވެމްކޯއާއި ފުލުހުން ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

7 ދުވަސް ކުރިން - 14:41

ވެމްކޯގެ ހިދުމަތްތައް އެއް ވިއުގައަކުން ދިނުމަށް "ވެމްކޯ" މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފި

ވެމްކޯގެ ހިދުމަތްތައް އެއް ވިއުގައަކުން ދިނުމަށް "ވެމްކޯ" މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފި

22 ދުވަސް ކުރިން - 19:57

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޗްޑީސީން ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށްފި

ހުޅުމާލެ ފަޅުތެރެއަށް ކުނި ޖަމާވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ފަށައިފި

83 ދުވަސް ކުރިން - 16:32

ދިވެހިންނަކީ ޤުރުއާނަށް ލޯބިކުރާ ބަޔަކަށް ވާން ޖެހޭ: މެޑަމް ސާޖިދާ

“ދިވެހިންނަކީ ޤުރުއާނަށް ލޯބިކުރާ ބަޔަކަށް ވާން ޖެހޭ”

139 ދުވަސް ކުރިން - 08:25

ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަން ދެނެގަތުމަށް އެޗްއާރްސީއެމްއިން ތަހުގީގެއް ފަށަނީ

ވެމްކޯއާ ގުޅޭގޮތުން އެޗްއާރްސީއެމްއިން ތަހުގީގެއް ފަށަނީ

196 ދުވަސް ކުރިން - 15:58

ކުނި އުކާލުމުގައި ގަވައިދާ ހިލާފުވާނަމަ ފިޔަވަޅު އަޅާނަން: އެފްޑީސީ

ކުނި އުކާލުމުގައި ގަވައިދާ ހިލާފުވާނަމަ ފިޔަވަޅު އަޅަނީ

210 ދުވަސް ކުރިން - 12:00

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%