Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖެއިން ބޭރުގެ ކޮމްޕިއުޓަރު ޑޭޓާއަށް ޙުއްދަ ނެތި އެކްސެސްވުމުގެ ބާރު ފުލުހުންނަށް ދޭން ފާސްކޮށްފި

ރާއްޖެއިން ބޭރުގެ ކޮމްޕިއުޓަރު ޑޭޓާއަށް ޙުއްދަ ނެތި އެކްސެސްވުމުގެ ބާރު ފުލުހުންނަށް ދޭން ފާސްކޮށްފި

އަހްމަދު އީޒާން
584 ދުވަސް ކުރިން - 9 ޑިސެންބަރު 2024 16:10
ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ. / ފޮޓޯ: ޚުލާސާ
ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު. 58 މެންބަރުންގެ ވޯޓުން އެ ބިލު ވަނީ ފާސްކޮށްފައި.

ރާއްޖެއިން ބޭރުގެ ކޮމްޕިއުޓަރު ޑޭޓާއަށް ޙުއްދަ ނެތި އެކްސެސްވުމުގެ ބާރު ފުލުހުންނަށް ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އެ އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދެވެ. މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އެ ބިލަށް ވޯޓަށް އެހުމުން 58 މެންބަރުންގެ ވޯޓުން އެ ބިލު ވަނީ ފާސްކޮށްފައެވެ.

މި އިސްލާހަކީ ކުރީގެ ސަރުކާރުން ޑްރާފްޓުކޮށް މިދިޔަ އަހަރު މަޖިލީހަށް ހުށަހެޅި ބިލެއް ނަމަވެސް، އެ މަޖިލީހުގެ ދައުރު ހަމަވިއިރު ވެސް އެ ބިލާ މެދު އެއްވެސް ގޮތެއް ނިމިފައިނުވާތީ، އާ މަޖިލީހަށް އެ ބިލު މިހާރުގެ ސަރުކާރުގެ ފަރާތުން ހުށަހެޅީ ކުރިން ވެސް ބިލު އޮތްގޮތަށް ބަދަލެއް ނުގެނެސް އެވެ.

Advertisement

Advertisement 1

އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި، ކޮމްޕިއުޓަރު ސިސްޓަމެއް މެދުވެރިކޮށް ކުރާ ކުށަކާ ގުޅިގެން ނުވަތަ ކޮމްޕިއުޓަރު ޑޭޓާއާ ގުޅޭ ކުށަކާ ގުޅިގެން ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަން ޖެހޭ ކަހަލަ، އެ ނޫން ވެސް ކުށަކާ ގުޅިގެން ބޭރު ޤައުމެއް ނުވަތަ ބޭރުގެ އެޖެންސީއަކާ އެކު، ނުވަތަ 24/7 ނެޓްވޯކަކާ އެކު ރާއްޖޭގެ އިދާރާތަކަށް މަސައްކަތް ކުރެވިދާނެ އެވެ.

ޖިނާއީ ތަޙުޤީޤު ހިންގުމުގެ ބާރު ލިބިފައިވާ އިދާރާއަކަށް ބޭރު ޤައުމެއްގެ ޙުއްދަ ހޯދުމަކާ ނުލައި މަޢުލޫމާތު ހޯދުމުގެ ބާރު ދޭން ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ. ރާއްޖޭން ބޭރުގައި ހުރި ކޮމްޕިއުޓަރު ސިސްޓަމެއްގައި ރައްކާކޮށްފައި ހުރި ކޮމްޕިއުޓަރު ޑޭޓާ ހާމަކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ފަރާތުގެ ރުހުން، ޤާނޫނާ އެއްގޮތަށް ހޯދުމަށް ފަހު ރާއްޖޭގައި ހުރި ކޮމްޕިއުޓަރު ސިސްޓަމެއް ބޭނުންކޮށްގެން އެ ޑޭޓާ ލިބިގަނެވޭނެ ކަމަށާއި ނުވަތަ އެ ޑޭޓާއަށް އެކްސެސްވެވޭނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

ބޭރު ޤައުމެއްގެ ކޮމްޕިއުޓަރު ޑޭޓާއަށް އެކްސެސްވުމަށް ފަހު، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެކަމާ ގުޅޭ ބޭރު ޤައުމަކަށް އެ ޑޭޓާ ލިބިގަތް ނުވަތަ ޑޭޓާއަށް އެކްސެސްވި އިދާރާއިން އަންގަންވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި، މި އިސްލާހަކީ ރާއްޖޭގައި ހިންގާ ސައިބާ ކްރައިމްތައް ހުއްޓުވުމަށް ޤާނޫނަށް ގެނެވޭ ވަރަށް މުހިންމު އިސްލާހެކެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްރައްޔިތުންގެ މަޖިލިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

1 ދުވަސް ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

1 ދުވަސް ކުރިން - 00:36

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކޮށް މަޖިލީހުން ފާސްކޮށްފި

2 ދުވަސް ކުރިން - 13:08

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

3 ދުވަސް ކުރިން - 13:45

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

4 ދުވަސް ކުރިން - 19:32

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

4 ދުވަސް ކުރިން - 19:09