Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނަބީލު އަންހެން ހެދުން އަޅާ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައިފި

ނަބީލު އަންހެން ހެދުން އަޅާ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައިފި

އަައިޝަތު ޒީނާ
640 ދުވަސް ކުރިން - 8 ޑިސެންބަރު 2024 18:23
ނަބީލު އަންހެން ހެދުން އަޅާ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައިފި
ޚުލާސާ

މިފަދަ މައްސަލަތަކާ ގުޅިގެން މީގެ ކުރިން ވެސް ނަބީލް ވަނީ އެތައް ފަހަރަކު ހައްޔަރުކޮށްފައި.

އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޙިއްޞާކުރަމުން އަންނަ މުޙައްމަދު ނަބީލް (ޔާޔާ) އަށް ދައުވާކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފަށް އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޙިއްޞާކުރަމުން އަންނަ މައްސަލައިގެ ތަޙުޤީޤު ފުލުހުން ނިންމުމަށް ފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ޖުލައި މަހުގެ 17 ގައެވެ.

ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ޝާއިއުކުރުމުގެ ދައުވާ ނަބީލަށް ކޮށްފައިވަނީ މިދިޔަ މަހު 25 ވަނަ ދުވަހުއެވެ.

Advertisement

Advertisement 1

ދައުވާކުރި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މެއި މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 5:28 ގައި ކޯޓު އަމުރެއްގެ ދަށުން ގ. ޖަމަރާގޭގައި ނަބީލް ދިރިއުޅެމުންދާ ކޮޓަރި ބަލައި ފާސްކުރިއިރު، އެ ކޮޓަރި ތެރެއިން އޭނާ ބޭނުންކުރާ އަންހެން ހެދުންތައް ފުލުހުންނަށް ދައްކާފައިވާތީ ކަމަށެވެ.

މީގެ އިތުރުން ނަބީލުގެ ޓިކްޓޮކް އެކައުންޓުގައި އާންމުކޮށްފައިވާ ވީޑިއޯތައް ފުލުހުން ނަގައި އެނަލައިޒް ކުރިއިރު، އެ ވީޑިއޯތަކުގައި ނަބީލު ހަޑިހުތުރުކޮށް ނިވާކަންކުޑަ އަންހެން ހެދުންލައިގެން ނަށާފައިވުމަކީ ވެސް ދައުވާކުރި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

އެ މައްސަލާގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

މިފަދަ މައްސަލަތަކާ ގުޅިގެން މީގެ ކުރިން ވެސް ނަބީލް ވަނީ އެތައް ފަހަރަކު ހައްޔަރުކޮށްފައެވެ. އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާގެ ދަށުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެއް އަހަރާއި އެއް މަހާއި ހަ ދުވަހުގެ ހުކުމެއް ވެސް ނަބީލަށް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކްރިމިނަލް ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

1 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 10:48

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

3 ދުވަސް ކުރިން - 23:52

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

3 ދުވަސް ކުރިން - 13:20