އެސްޓީއޯއިން އައްޑޫގައި ކުރިއަށްގެންދާ "ދެކުނު ބޮޑު ބާޒާރު" ވެއާހައުސް ސޭލް މިރޭ ނިމުމަކަށް އަންނަނީ ބޮޑެތި ޑިސްކައުންޓްތަކާއެކުގައެވެ. މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 7 ޑިސެމްބަރު 2024ގެ ނިޔަލަށް އައްޑޫ ހައި ސްކޫލުގައި ކުރިއަށްދާ މި ސޭލްގައި ތަފާތު ގިނަ ބްރޭންޑްތަކުގެ ތަކެތި ވިއްކަމުންދެއެވެ.
މިރޭ ސޭލް ކުރިއަށްދާނީ 11:00 ޖަހަންދެންނެވެ. މި ސޭލްގައި ހިޓާޗީ، މަކިޓާ، ރެމިންގްޓަން، ރަސްލް ހޮބްސް އަދި ފިލިޕްސް ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ބަދިގޭ ސާމާނާއި، ޓީވީ، އޭސީ، ދޮންނަ މެޝިން އަދި ފްރިޖު ފަދަ އިލެކްޓްރޯނިކް ސާމާނު ވެސް ވިއްކަމުންދެއެވެ.
އެސްޓީއޯއިން ބުނެފައިވަނީ މިރެއަކީ ސޭލްގެ އެންމެ ފަހުރޭ ކަމަށްވުމާއެކު، މިރޭ އެއްޗެހީގެ އަގުތައް ވަރަށް ބޮޑަށް ހެޔޮވާނެ ކަމަށެވެ. އަދި 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ދެމުންދާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މި ސޭލްގައި 500 ރުފިޔާއިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޭން ހަމަޖެހިފައިވާ ކަމަށާއި، ކޮންމެ ރެއަކު ނަސީބުވެރި ފަރާތެއް ހޮވުމުގެ އިތުރުން ސޭލް ނިމުމުން ބޮޑު އިނާމެއް ދޭން ވެސް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯއިން ކޮންމެ އަހަރަކު ވެސް މާލެ އާއި އެ ކުންފުނީގެ ފިހާރަތައް ހުންނަ ރަށްރަށުގައި ވެއާހައުސް ސޭލް ބާއްވަމުން ގެންދެއެވެ.









